މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި، ނަމަވެސް މިމައްސަލަ ހައްލު ނުކުރެވިފައިވަނީ ކޯލިޝަންގެ ތެރެއިން އެފަދަ ޒިންމާދާރު މަސައްކަތްތަކެއް ނުކުރެވުންކަމަށްބުނެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭގެ) ފާޑުކިޔުން ސަރުކާރު ހިންގާ ކޯލިޝަނަށް އަމާޒުކޮށްފިއެވެ.
ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތު ދޫކޮށްލި މައްސަލަ އަށް އިޝާރާތް ކޮށް ބޮންޑޭ ވިދާޅީ އެމްޑީޕީގެ ޖަޒީރާ ވައުދަކީ މަސްތުވާތަކެތީގެ ވަބާއިން މިމުޖުތަމައު ސަލާމަތް ކުރުންކަމަށެވެ. ނަމަވެސް މިއަދު އެމްޑީޕީ ކޯލިޝަނެއްގެ ތެރޭގައި ފިތި ބާރުވެފައިވާ އޮތުމުން އެވައުދުތައް ތަންފީޒު ނުވެ ރައްޔިިތުންގެ އުންމީދުތައް ހާސިލް ވަމުން ނުދާކަމަށެވެ.
ކޯލިޝަންގައި އެމްޑީޕީން ބައިވެރިވީ މިފަދަ ކަންކަން ހުއްޓުވާ ޖަޒީރާ ދިރިއުޅުމުގެ ވައުދުތައް ރައްޔިތުންނަށް ފުއްދާ ދިނުމުގެ އުންމީދު ގައެވެ!. މިފަދަ ކަންކަން ކޯލިޝަންތެރޭން ތަކުރާރު ވާނަމަ ކޯލިޝަނެއް ގޮތުގުގައި އޮތަސް އޮންނާނީ އެމްޑީޕީ ފިކުރުނެތް "ވަޅޯ" ކޯލިޝަނެކެވެ!
– އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ބޮންޑޭ އަކީ ފެށުނީއްސުރެ ކޯލިޝަން ސަރުކާރާއި ދެކޮޅު އަދި މިހާރު އޮތް ކޯލިޝަންގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް މަޖިލީހުގައިވެސް ވާހަކަ ދައްކަވަމުންނެވެ. އަދި މިގޮތަށް ބައިއަޅައިގެން ވެރިކަން ކުރަން ޖެހުމުން އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ތަންފީޒު ކުުރުމަށް ވަރަށްބޮދަށް ދަތިވެފައިވާކަމަށް ބޮންޑޭ ވަނީ ވިދާޅުވެފައެވެ.
24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމްކުރި ހ. އެވާޕީސް، ސޮފްވަތު ދޫކޮށްލާފައިވަނީ މިދިޔަ ޖުލައި 29 ގައެވެ. މަގުމަތީ އަގު 100 މިލިއަން ރުފިޔާ އަށް އަރާ އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މާޗު، 2014 ގައެވެ. އީރާނުގެ ބޯޓެއްގައި ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި އެ މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ފުލުހުން ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި އޮޕަރޭޝަނެއް ހިންގިއެވެ. އެ އެއްޗެހި އަތުލައިގަތީ އެ ތަކެތި ފޮރުވާފައި ހުރި ޑިންގީ، ދޯންޏެއްގައި މާލެ ގެނެސް، ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވައެވެ.
އެއީ އޭރު ރާއްޖޭގައި އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗެކެވެ
ކޮމެންޓު ފޮނުވާ