އެމްޑީޕީގެ ކެމްޕެއިންގައި ބައިވެރިވާ ފަރާތްތަކަށް މޯޓިވޭޝަނަލް ސެޝަނެއް!

އެމްޑީޕީގެ ކެމްޕެއިންގައި ބައިވެރިވާ ފަރާތްތަކަށް މޯޓިވޭޝަނަލް ސެޝަނެއް!

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަ މޯޓިވޭޝަނަލް ސެޝަނެއް ފަށައިފިއެވެ.

ޣިއްޒުންދީސް ސްކޫލުގައި ކުރިއަށްދާ މި ސެޝަން ނަގައިދެނީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކީނޯޓް ސްޕީކަރު އަފީފް ހުސެއިންއެވެ. މި ސެޝަންގައި އޭނާ ވަނީ މާޔޫސްވާއިރު، ކަންކަން ކުރާންގެ ގޮތާއި، ކަމަކާއި ކުރިމަތިލާއިރު ދިމާވާނެ ގޮންޖެހުމާއި، އުފާވެރިކަމާއި އަދި އެނޫން ހާލަތްތަކުގައިވެސް ކަންކަން ކުރާގެ ގޮތުން ހިއްސާ ކުރައްވާފައެވެ.

މިސެޝަންގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޞާލިހާއި، އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި، މަޖިލިސް މެމްބަރުންނާއި، ދާއިރާތަކުގެ ރައީސް، ނައިބް ރައީސް އަދި ކެމްޕެެއިންގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ބައިވެރިވެފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން މާލެއާއި، އަތޮޅު ތެރޭގައި ފަށާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަމާޒަކީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައަޅުއްވާފައިވަނީ އެޕާޓީގެ ތެރޭގައި ބޭއްވު ރިޔާސީ ޕްރައިމަރީއަކުންނެވެ. މިއީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެތެރޭގެ ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅި ފުރަތަމަ ޕާޓީވެސް މެއެވެ.

އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ހުށަހަޅާ ވައުދުތަކާއި، ކޮށްދޭނެ ކަންކަމުގެ މައްޗަށް ބިނާކޮށް އެކުލަވާލާ މެނިފެސްޓޯގެ މަސައްކަތްވެސް މިހާރު އޮތީ ނިމުމަކާއި ގާތްވެފައެވެ. ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްކުރެވި މިހާރު ކުރަމުންދަނީ މެނިފެސްޓޯއެއްގެ ސިފައިގައި އެކުލަވާލުމުގެ މަސައްކަތް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އަފީފަކީ އޭޝިއާ އާއި މެދުއިރުމަތި އަދި އެފްރިކާ ބައްރުގައި އެތައް ރިޒޯޓްތަކާއި ހޮޓާތަކެއް އޮޕަރޭޓްކުރާ ލަކްސްގެ ހޮޓެލްސް އެންޑް ރިޒޯޓްސްގެ ރާއްޖޭގެ ޓެލެންޓް އެންޑް ކަލްޗާ ސީނިއާ ޑިރެކްޓަރެވެ. އަދި ރާއްޖޭގެ ހިއުމަން ރިސޯސަސް ދާއިރާގެ މީހުންގެ ޖަމިއްޔާ ކަމަށްވާ މާޕްގެ ނައިބް ރައީސަކީ ވެސް އޭނާއެވެ.

އަފީފް ވަނީ ބައިނަލްއަގްވާމީ އެތައް ކޮންފަރެންސްތަކާއި އިވެންޓްތަކުގައި ކީނޯޓް ތަގުރީރު ދެއްވައި ސެޝަންތައް ނަގައިދެއްވައިފައެވެ. އެޗްއާރް ސްޓްރެޓެޖީ އާއި ކަސްޓަމާ އެކްސްޕީރިއަންސް އާއި ލާނިން އެންޑް ޑިވެލޮޕްމަންޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަފީފަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ޕަބްލިކް ސްޕީކަރެވެ. އަދި އޭނާ އަކީ ލީޑާޝިޕާއި ޕާސަނަލް ޑިވެލޮޕްމަންޓުގެ ދާއިރާގެ އެގްޒެކެޓިވް ކޯޗެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *