ޒުވާން އިތުރު 26 ޚަތީބަކަށް އިމާމްވެ ހުކުރުކުރުމުގެ ހުއްދަ ދީފި

ޒުވާން އިތުރު 26 ޚަތީބަކަށް އިމާމްވެ ހުކުރުކުރުމުގެ ހުއްދަ ދީފި

Author
އަހުމަދު
15 މާރޗް 2026 02:41
0

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ "ޒުވާން ޚަތީބުން" ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން، އިތުރު 26 ކުއްޖަކަށް ހުތުބާ ކިޔުމާއި އިމާމްވެ ހުކުރު ކުރުމުގެ ހުއްދަ މިއަދު ދީފިއެވެ.

އދ. މާމިގިލީގައި ބޭއްވި މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އަލަށް މި ސަނަދު ހާސިލްކުރި 26 ކުދިންނާއެކު މި ޕްރޮގްރާމަށް ބޮޑު ކާމިޔާބީއެއް ލިބެމުން އަންނަ ކަމަށެވެ. ގްރޭޑް 10، އޭލެވެލްގައި ކިޔަވާ ކުދިންގެ އިތުރުން ސްކޫލް ނިންމާފައިވާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މި ކޯހުގައި ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމުގެ އިތުރުން ދީނީ މުހިންމު އެހެނިހެން ތަމްރީނުތައްވެސް ފޯރުކޮށްދެއެވެ.

މިދިޔަ ނޮވެމްބަރު މަހު މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މީގެ ކުރިންވެސް ތިން ބުރެއްގެ މަތިން 270 ކުދިން ވަނީ މި ތަމްރީނު ފުރިހަމަކޮށްފައެވެ. ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މި ރިޔާސީ ދައުރުގެ ތެރޭގައި 1،000 ޒުވާން ޚަތީބުން އުފެއްދުމެވެ. މިނިސްޓަރު ޝަހީމް ވަނީ މި ލަނޑުދަނޑިއަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން މީގެ ކުރިންވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.