ރާއްޖޭގެ މުޖުތަމައުގައި އޮތް އޮތް އެންމެ ނުރައްކާތެރި ވަބާ ކަމުގައިވާ މަސްތުވާތެކެތީގެ ވަބާއިން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރުމަކީ ވެފައިވާ ނުގުޑާފަދަ އަޒުމެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތު ދޫކޮށްލުމާއި ގުޅިގެން އުމަރު ވިދާޅުވީ 24 ކިލޯގެ މަސްތުވާ އެއްޗެތި ރާއްޖެ އެތެރެކޮށްގެން 2017 ވަނަ އަހަރު ޖަލަށް ހުކުމް ކުރި މީހާ ދޫކޮށްލީ ކަޑައެޅިގެން ޤާނޫނާ ޚިލާފަށް ކަމަށެވެ. މިއަދު މިމައްސަލަ ހައްލު ކުރެވޭނީ ޤާނޫނީ އިމުގެ ތެރެއިން މިކަން ކުރަން އެގޭ މިކަމާއި ކުރިމަތިލާން ކެރޭ މީހަކަށް ކަމަށާއި، އެކަން ކުރަން ތައްޔާރައް ހުންނެވިކަމަށް އުމަރު ވިދާޅުވިއެވެ.
މި ޤައުމު މަސްތުވާ އެއްޗެތިން ސަލާމަތް ކުރުމަށް ޓަކައި ޕާޓީތައް ދޫކޮށްލައްވާފަ، އަޅުގަޑާއެކު ހިންގަވާ އިޚުލާސްތެރިކަމާ، ހަރުދަނާ ކަމާ، ޖެހިލުން ކުޑަކަމާއެކު މަސައްކަތްކޮށް، އިރާދަކުރެއްވިއްޔާ މަސްތުވާ އެއްޗެތީގެ ވަބާއިން މިރާއްޖެ ސަލާމަތްކޮށްދޭނަން. މިއީ ނުގުޑާނެ ވަޢުދު.
– އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރުވަނީ ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެންވެސް ރާއްޖެއިން މަސްތުވާތަކެތި ނައްތާލައި ގޭންގުތަކާއި ދެކޮޅަށް ވަރަށް ވަރުގަދަ މަައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އުމަރުގެ ވަޒީރު ކަމުގައި ގަނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި އެގެ ބޮޑުން ހައްޔަރުކޮށް ފައިގައި ޓެގު އަޅުވައި، އެފަދަ މީހުން ފުރަތަމަ ފަހަރަށް މޮނީޓާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރެއްވިއެވެ.
24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމްކުރި ހ. އެވާޕީސް، ސޮފްވަތު ދޫކޮށްލާފައިވަނީ މިދިޔަ ޖުލައި 29 ގައެވެ. މަގުމަތީ އަގު 100 މިލިއަން ރުފިޔާ އަށް އަރާ އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މާޗު، 2014 ގައެވެ. އީރާނުގެ ބޯޓެއްގައި ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި އެ މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ފުލުހުން ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި އޮޕަރޭޝަނެއް ހިންގިއެވެ. އެ އެއްޗެހި އަތުލައިގަތީ އެ ތަކެތި ފޮރުވާފައި ހުރި ޑިންގީ، ދޯންޏެއްގައި މާލެ ގެނެސް، ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވައެވެ.
އެއީ އޭރު ރާއްޖޭގައި އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗެކެވެ.
ކޮމެންޓު ފޮނުވާ