އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލްގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކުރަމުންދާ ސްވިޓްޒަލަންޑްގެ ގްރަނިޓް ޒަކާ ޖަރުމަނު ބުންޑަސްލީގާގެ ބަޔަރ ލެވަކޫސެން އަށް ސޮއިކޮށްފިއެވެ.
ޒަކާ ލެވަކޫސެން އާއި ގުޅިފައިވަނީ 25 މިލިއަން ޔޫރޯގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން 30 އަހަރުގެ ޜަކާ އާސެނަލް އާއި ގުޅިފައިވަނީ 2016 ވަނަ އަހަރުއެވެ. އަދި މިހާތަނަށްވަނީ އެޓީމަށް 297 މެޗް ކުޅެދީ 23 ލަނޑު ޖަހާދީފައެވެ. އޭނާވަނީ އާސެނަލްގެ ކެޕްޓަންކަންވެސް 2019 ވަނަ އަހަރު ކުޑަ ދުވަސްކޮޅަކަށް ކޮށްފައެވެ.
މިދިޔަ ސީޒަންގައި އާސެނަލްއިން ޕްރިމިއަރ ލީގުގެ ތާވަލްގެ އެއްވަނައިގާ ގިނަ ދުވަސް ތަކެއް ހޭދަކުރިއިރު ޜަކާވަނީ އާސެނަލްގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އޭނާ އާސެނަލްއަށް ކުޅުނު ފަހު މެޗްގައި ވުލްވަރހެމްޕްޓަން ވޮންޑަރަރސް އާއި ދެކޮޅަށް ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި އޭނާ އެމެޗްގައި ބަދަލުކުރުމުން އެކްލަބްގެ ސަޕޯޓަރުންވަނީ އޭނާއަށް ވަރަށް ހޫނު މަރްހަބާއެއްވެސް ކިޔާފައެވެ.
“We are saying goodbye to a fantastic player and person loved by all of us. It has been an incredible journey together for him and he has given absolutely everything for this club. The influence Granit has had on his team-mates on the pitch and colleagues at the club will tell… pic.twitter.com/GF5JHaALgj
— Arsenal (@Arsenal) July 6, 2023
ޜަކާ ވަނީ މީގެކުރިންވެސް ބުންޑަސްލީގާގައި ހަތަރު އަހަރު ހޭދަކޮށްފައެވެ. މިގޮތުން 2016 ގައި އާސެނަލްއަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅެމުންދިޔައީ ބޮރޫޝިއާ މޮންޗެންގްލަޑްބެކްއަށެވެ.