އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި 11 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށް، އެހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިންއަކީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެވެ.
ހަމައެއާއެކު، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެންމެ ދެ މަހެއްހާ ދުވަހަށް ވެފައިވާއިރު، އަދި ރިޔާސީން އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އިންތިޚާބަށް އެޕްލިކޭޝަން ހުށަހެޅުން އެންމެ 23 ދުވަހަށް ގާތްވެފައިވާއިރު، ޖަލުގައި އޮންނަވައިގެންވެސް ރައީސް ޔާމިން ގެންދަވަނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަ ކުރެއްވޭނެކަމަށް ވިދާޅުވެ، އަދި އެމަގުން ޕާޓީގެ އޮނިގަޑު ހަރަކާތްތެރިވެސް ކުރުވަމުންނެވެ.
މިގޮތުން، މަތިމައްޗަށް ޝަރީއަތްތައް ފުނިޖެހި، ހައިކޯޓުގައި ކުރިޔަށްދާ، ރައީސް ޔާމިން މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ހުކުމްގެ އިސްތިއުނާފްގެ މަރުހަލާ ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނުނިމޭނެކަމަށް ބެލެވުނު ނަމަވެސް، ޔާމިން ނޫން މީހަކު އިދިކޮޅު ޕީޕީއެމްއިން ވާދަކުރުމުގެ ވާހަކަވެސް އެޕާޓީގެ މެމްބަރުންނަށް ދެއްކުން ވަނީ މަނާކޮށްފައެވެ. އެވާހަކަ ދައްކާ، ޕާޓީގެ މެމްބަރުން ޕާޓީން ވަކިކުރާނެ ކަމުގެ ބިރުވަނީ އެފަރާތްތަކަށް ދައްކާފައެވެ.
އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ، އެހެން ހުރިހާ ޕާޓީތަކުން ރިޔާސީ އިންތިޚާބުގެ ކެމްޕޭން މެކުހަށް ޖަހާ، ދާއިރާތަކަށާއި ރަށްތަކަށް ދަތުރު ކުރަމުންދާއިރުވެސް އިދިކޮޅު ޕީޕީއެމްއަށް ކެމްޕޭން ކުރެވޭނެ މަގެއް ނެތިފައި އޮންނާން ޖެހުމެވެ. ޕާޓީގައި މިނިވަން ރިޔާސީ ކެނޑިޑޭޓަކު ފެންނާން ނެތުމާއި އަދި އޭގެ އިތުރުން ޚަރަދުކުރާނެ ފައިސާވެސް ނެތިގެންނެވެ.
އެހެންނަމަވެސް މިހުރިހާ ހަގީގަތްތަކާއެކުވެސް، ކުރިޔަށްދާ ރައީސް ޔާމިންގެ ޝަރީއަތްތަކުން ފެންނަމުންދަނީ، މުޅިން ތަފާތު މަންޒަރެއް ކަމުގައި މިވަނީ ދަންނަވާން ޖެހިފައެވެ. އެއީ، ރިޔާސީ އިންތިޚާބުގައި ވާދަކުރެވިދާނޭކަމުގެ ހުވަފެންތައް ދެކެމުން، އެމަގަށް މަގުފަހިކުރުމަށް ބައެއް ޝަރީއަތްތައް އަވަހަށް ނިންމުމަށް ޚުދު ރައީސް ޔާމިން ޑިމާންޑު ކުރައްވަމުން ގެންދަވާއިރު އަނެއްބައި ޝަރީއަތްތަކުގެ ދުވެލި ބާރުވެގެން ކުރައްވަމުން ގެންދަވާ ޝަކުވާތަކެވެ.
ފުއްގިރި މައްސަލާގެ އެންމެފަހުގެ 6 އަޑުއެހުންވެސް ކެންސަލް، ކުރިކު ރިޒާ ބަލިވެގެން!
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތްތައް އީދު ބަންދަށްފަހު ބާރާށް ކުރިޔަށް ގެންދަން ތާވަލް ކުުރިކަމުގައިވި ނަމަވެސް، އެމައްސަލާގައި ދައުވާލިބޭ ކުރިކް ރިޒާ ބަލިވުމުގެ ސަބަބުން ޝަރީއަތް ކުރިޔަށް ނުގެންދެވި އެޝަރީއަތުގެ އަޑުއެކުންތައް މިހާރުވަނީ ހުއްޓުމަކަށް އައިސްފައެވެ.
މިގޮތުން، އެންމެ ފަހުން ކުރިޔަށް ނުގެންދެވިފައިވަނީ އިއްޔެއަށް ތާވަލްކުރި އަޑުއެހުމެވެ. އެ އަޑުއެހުންވެސް ކެންސަލް ކުރަން ޖެހުނީ، އެއް މައްސަލައެއްގައި ދައުވާލިބޭ، ކުރިކު ރިޒާ ބަލިވެ އުޅޭތީ އޭނާއަށް ޝަރީއަތަށް ހާޒިރު ނުވެވޭނަކަން އަންގާފައިވާތީ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. އަދި މިމަހުގެ 2 ވަނަ ދުވަހަށް ތާވަލްކުރި އަޑު އެހުންވެސް ކެންސަލް ކުރަން ޖެހުނީ ކުރިކު ރިޒާ ބަލިވެ އުޅޭކަން ކޯޓަށް އަންގާ، ލިޔެކިޔުންތައް ހުށަހަޅާފައިވާތީކަމަށް ކޯޓުން ބުނެފައި ވެއެވެ.
ހަމަ އެއާއެކު އީދު ބަންދުގެ ކުރިން، މީގެ 2 ހަފްތާ ކުރިން ތާވަލްކުރި އަޑުއެހުންވެސް ކުރިމިނަލް ކޯޓުން ކެންސަލް ކުރީ ކުރިކުރިޒާ ބަލިވެ އުޅޭކަމަށް ކޯޓަށް އެންގުމާއި ގުޅިގެންނެވެ. އަދި އޭގެ ކުރީ ދުވަހުގެ އަޑުއެހުންވެސް ކުރިކު ރިޒާ ބަލިވެ އުޅޭތީ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
ޔާމިންއާއި ކުރިކު ރިޒާއަށްވެސް އެއް މައްސަލައެއްގައި ދައުވާ ލިބޭ މިމައްސަލައިގެ އަޑުއެހުންތަކަށް ހާޒިރު ނުވެވޭ މިންވަރަށް ދިގުމުއްދަތަކަށް ކުރިކު ރިޒާ ބަލިވެ އުޅެނީ ކޮންކަހަލަ ސިއްހީ މައްސަލައެއްގައި ކަމެއް ސާފު ވެފައެއް ނުވެއެވެ.
އެހެންނަމަވެސް ދަށު ކޯޓުގެ މައްސަލަތައް މާ ބާރަށް ކުރިޔަށް ގެންދާކަމުގެ ޝަކުވާ މީގެކުރިން ޔާމިންގެ ފަރާތުން ކޮށްފައިވާއިރު، ޔާމިންވަނީ ހައިކޯޓުގައި މިހާރު ކުރިޔަށްދާ، ތަންފީޒުކުރަމުންދާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތް އަވަސްކޮށްދިނުމަށް އެދިފައެވެ.
ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ދަށު ކޯޓުގެ ޝަރީއަތް ލަސްކޮށް، އަދި ހައިކޯޓުގެ ޝަރީއަތް އަވަސްކުރުމަށް ޔާމިން ބޭނުންފުޅުވަނީ، ހައިކޯޓު މަރުހަލާގައި ހުކުމް ބާތިލްވެ، މިމަސް ނިމުމުގެ ކުރިން މައްސަލަ ޔާމިނަށް ކާމިޔާބު ކުރެވިއްޖެނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބި، އެ ހާލަތުގައި ދަށު ކޯޓުގައި އޮތް މައްސަލަ މިވަގުތަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް ހިސާބު ޖައްސަވައިގެންނެވެ.
ދަށުކޯޓުގައި ކުރިޔަށްދާ ފުއްގިރި މައްސަލާގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން ދައުލަތުން ހުށަހެޅި 6 ހެއްކެއްގެ ހެކިބަސް މިހާތަނަށް ކޯޓުގައި ވަނީ ނަގާފައެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ ހެކިބަސްވެސް ނަގާފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ކުރިއަށްދާއިރު ހައިކޯޓުގައި އަންނަނީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައްވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބުދަ ދުވަހަށް ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައެވެ.
ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާއެވެ. މިމައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދައުވާ ކޮށްފައިވަނީ އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.
އަމާޒަކީ ދަށުކޯޓުގެ ޝަރީއަތުގައި ބުރަކި ޖައްސައިގެން، ހައި ކޯޓުގެ މައްސަލަ އަވަހަށް ނިންމުންތަ!
ބައެއް ފަރާތްތަކުން މިހާރު ދެކޭގޮތުގައި ދަށު ކޯޓުގައި ކުރިޔަށްދާ ޝަރީއަތްތައް "ކުރިކު ރިޒާ ބަލިވެގެން" ކުރިޔަށް ނުގެންދެވުމުގައި ޝައްކު ކުރުމަށް ޖާގަ ލިބޭ އެތައް ކަމެއް އެބަހުއްޓެވެ.
އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ، ދަށުކޯޓުގެ ޝަރީއަތް މާއަވަހަށް ކުރިޔަށްދާކަމުގެ ޝަކުވާ ޔާމިން ކުރައްވަމުން ގެންދަވާއިރު ހަމަ އެއާއެކު ހައި ކޯޓުގެ މަރުހަލާ އަވަސްކުރުމަށް ޔާމިން ކުރައްވަމުން ގެންދަވާ ޑިމާންޑްތަކެވެ. އެއަށްފަހު، ދަށު ކޯޓުގައި ކުރިޔަށްދާ ފުއްގިރި މައްސަލަގައިގެ ޝަރީއަތަށް ހާޒިރު ނުވެވޭ މިންވަރަށް ދިގު މުއްދަތަކަށް ކުރިކު ރިޒާ ބަލިވެ އުޅުއްވާން ޖެހިފައި ވުމާއި، ކުރިކު ރިޒާ ބަލިވެ ކޯޓަށް ހާޒިރު ނުވެވުމުން ހަމަ އެއް މައްސަލައެއްގައި ޔާމިންގެ މައްޗަށް ހިނގަމުންދާ ޝަރީއަތްވެސް ހުއްޓުމަކަށް އައިސްފައެވެ.
މިގޮތުން ފާއިތުވި ދެމަހެއްހާ ދުވަހުވެސް ޔާމިންގެ މައްޗަށް ފުއްގިރި މައްސަލައިގެެ ޚިޔާނާތުގެ ތުހުމަތުގައި ކުރެވެމުންދާ ޝަރީއަތްތައް ވަނީ "ކުރިކު ރިޒާ ބަލިވުމުގެ ސަބަބުން" ކުރިޔަށް ނުގެންދެވިފައެވެ. ފާއިތުވި ބޮޑު އީދަށްފަހުވެސް ޝަރީއަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިއުމަށް ދަށު ކޯޓުން ތާވަލް ކުރިނަމަވެސް، "ކުރިކު ރިޒާ ބަލިވެ" ކޯޓަށް ހާޒިރު ނުވެވިގެން މައްސަލަވަނީ ކުރިޔަށް ނުގެންދެވިފައެވެ.
އެހެންނަމަވެސް، މިއުސޫލުން ފުއްގިރި މައްސަލައިގެ ޝަރީއަތް "ބުރަކި ޖެހިފައި" އޮތްނަމަވެސް، އަދި މައްސަލާގައި ރައީސް ޔާމިން މިނިވަންވި ނަމަވެސް ނުވަތަ ނުވި ނަމަވެސް، މައްސަލާގައި އިންސާފު އަވަސްވުމަކީ މުހިންމު ކަމެކެވެ. އެއީ މިހާރު ހައި ކޯޓުގައި ކުރިޔަށްދާ އިސްތިއުނާފްގެ މައްސަލާއިގަ އަވަސް އިންސާފު ބޭނުންވާ ފަދައިން ދަށު ކޯޓުގައި އޮތް މައްސަލާގެވެސް އިންސާފް ލަސްވުމަކީ އިންސާފު ލިބުމަށް އޮންނާނޭ ހުރަހެއްކަމުގައި ވެގެން ދާނެތީއެވެ.
އަދި ރިޔާސީ އިންތިޚާބުގައި ޔާމިނަށް ވާދަކުރެވުމާއި ނުކުރެވުމަކީ ޚިޔާނާތުގެ މައްސަލާއިގެ އިންސާފާއި ގުޅުން އޮތްކަމަކަށް ވެގެން ނުވާނެތީވެސް މެއެވެ.
5 Responses
ބަލީކީނޫ ހަމަކުރާޖެއްސުމެން އުހުރަވީ ހަޔާތް ހަމަ ހަދުމަނެތީ މިނޫސްތަކުން އަދި ލާއެއްޗެއް ެސް ބާވެތިނުކުރާނެ އެމީހުން ހިތްޕުޅާ ވާ.ކޮމެންޓެއްވިއްޔާ.ލާނީ
ޢިންސާފްް މިކިޔަނީީ ރިޔާސީީ ދަފްތަރަކަށ! ޢެހެނީީ ބޮޑެތިި ޚާއިނުންް ބޮޑެތިި ޑީލްް ހަދާފަަ މެދުު އުޑުގަަ ފިޔަޖަހަންް ސަރުކާރަކަށްް ކަމުދާާ ނަމަަ އަދިި ގެއްލުނުު ފައިސާާ ގައުމުގެެ ތިޖޫރީއަށްް ނުލައިި. މިީ ވޭތުވިި އެއްގަރުނުގައިި ގައުމުު ނުދެކޭޭ ފަދަަ އަލިި ގަދަަ ޚިދުމަތްް ދިވެހިި ގައުމަށްް ކޮށްދެއްވިި އަގުބޮޑުު މާސްޓަރރ މައިންޑްް ހަމައެކަނިި ލީޑަރުު އުލުު ބައިންދަންް އޭނަގެެ ޢަދާވަތްތެރިނވެސްް ހަމަޔެއްް ނެތަތީއެވެ
ދިވެހިތާރީޚުދުއްް އެންމެވަރަުގަދަަ ސިޔާސީލީޑަރަކީީ ރައީސްް ޔާމީންް އެމަނިކުފާނަކީީ ވަރައްް ހިކުމަތްޔެރިި ބިނާކުރުވަނިި ޚިޔާލެއްގެެ ވަރައްް ފަޚުރުވެރިި ލީޑަރެެއްް އެމަނިކުފާނުު ފެނިގެންދިޔައީީ މިގަައުމާއިި ތާރީޚު ދުއްް މިގައުމުދެކެެ ލޯބިވާާ ރައްޔިތުންގެެ ފައިދާއާލާބަޔައްް ވަރައްް މުހިންމުވަރުގަދަަ ލީޑަރެއްގެެ ގޮތުގަަ އެމަނިކުފާނަކީީ ގައުމީވަންތަަ ލީޑަރެއްް
ޔަގީން ކަމެއް
އެއްވެސް އުސޫލްއެއް ހަމައެއް ނެއް ސަރީއައްތަކެއް ތިޔަކުރަނީ…ހަމަ ސިޔާސީ ސަރީއަތް ..މިކަމުގެ ހިތި މިހާރުވެރިކަމުގަ މިތިއްބެވި ބޭފުޅުން ދެކޭނެ..އެދުވަސް މާދުރެއްނޫން..