ޗާލު ގިޑިގެތަކާއިއެކު މާލެ ދިއްލާފައި އިތުރު ހަފްތާއަކަށް ބަހައްޓަން ނިންމައިފި

ޗާލު ގިޑިގެތަކާއިއެކު މާލެ ދިއްލާފައި އިތުރު ހަފްތާއަކަށް ބަހައްޓަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
01 ޖުލައި 2023 10:46
0

މާލެ ސިޓީ ކައުންސިލުން އީދާއި ގުޅުވައިގެން މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރި ކުލަބޮކިތަކާއި ގިޑިގެތައް ދިއްލާލައިފައި ބަހއްޓާ މުއްދަތު އިތުރު ހަފްތާއަކަށް ދަންމާލަން ނިންމައިފިއެވެ.

އަޟްޙާ ޢީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތަކުގައި މާލެ ސިޓީ ކައުންސިލުން ވަނީ ކުލަބޮކިތަކާއި ގިޑިގެތައް ހަރުކޮށްފައެވެ. ކައުންސިލުން މީގެ ކުރިން ބުނި ގޮތުގައި މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކުރާނެއެވެ.

އެސަރަހައްދުތަކުގައި ހަރުކުރި ކުލަބޮކިތަކާއި ގިޑިގެތައް ދިއްލާލާފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައިވެސް، އީދާއި ދިމާކޮށް މާލެއާއި ވިލިމާލެ ޒީނަތްތެރިކޮށް، ދިއްލާލި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވީ ގިޑިގެތަކާއި، ކުލަބޮކިތަށް މާދަމާ ނަގަން ނިންމާފައި ވީނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތީން މިމަހުގެ 8 އާއި ހަމައަށް މިތަކެތި ނެގުން ފަސްކޮށްފައިވާކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުފާވެރި މާހައުލެއް ގެނައުމަށްޓަކައި ކުރި މިމަސައްކަތަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިގެން ގޮސްފައެވެ. އަދި މާލޭގެ އެކި ސަރަހައްދު ތަކުގައި ޢީދު ތަކްބީރުގެ އަޑުން ގުގުމާލައި ގެނައި ހިތްގަމު ބަދަލަކީ ގިނަބައެއްގެ ތައުރީފް ލިބިގެން ދިޔަ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.