ގެއްލިގެން ހޯދި މީހާ އަމިއްލައަށް ގެޔަށް ގޮސްފި

ގެއްލިގެން ހޯދި މީހާ އަމިއްލައަށް ގެޔަށް ގޮސްފި

Author
މުޙައްމަދު ޝަޒައިމް
01 ޖުލައި 2023 10:11
0

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ މިރޭ ފެނިއްޖެއެވެ.

އުމުރުން 53 އަހަރުގެ އާތިފާ ގެއްލިގެން ހޯދަން އިއުލާންކުރީ އޭނާ ރެއިން ފެށިގެން ހަބަރެއް ނުވާތީއެވެ. އޭނާ ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދުނެވެ.

ފުލުހުން ބުނީ އާތިފާ ފެނުނީ އޭނާ މިރޭ އަމިއްލައަށް ގެއަށް ދިއުމުން ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީހުން ގެއްލިގެން ދޭތެރެ ދޭތެރެއިން ފުލުހުން ހޯދަން އިއުލާންކުރެއެވެ. އޭގެ ތެރެއިން ގިނަ މީހުން ފަހުން ވަނީ ފެނިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.