އިދިކޮޅު ޕީޕީއެމްގެ ސެނެޓަކީ ނެތް އެއްޗަކަށް ހަދައިގެން ނުވާނޭ ކަމުގައި އެޕާޓީގެ ސެނެޓަރ އަދި އިސް އެކްޓިވިސްޓެއް ކަމަށްވާ އަލްއުސްތާޒު އަހުމަދު ސިއްދީގު ވިދާޅުވެެއްޖެއެވެ.
އުސްތާޒު ސިއްދީގު މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޑިމޮކްރެޓްސް ޕާޓީއާއެކު، ޕީޕީއެމްގެ އިސް ދެބޭފުޅުން ކަމުގައިވާ، އެޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރުން އަހުމަދު ޝިޔާމްއާއި، މަހިބަދޫ ދާއިރާގެ މެމްބަރުން އަހުމަދު ޡާރިގް، ސެނެޓްގެ ރުހުން ނެތި ސިޔާސީ މަޝްވަރާއަށް ދިއުމުގެ ކަންބޮޑުވުން ފާޅުކޮށް، ސެނެޓްގެ ވަޓްސްއަޕް ގުރޫޕުގައި ކަންބޮޑުވުން ފާޅު ކުރައްވާ ކުރެއްވި މެސެޖެއްގައެވެ.
ޕީޕީއެމްގެ ސެނެޓްގެ މަޝްވަރާއާއި ނުލާ، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރުން އަހުމަދު ޝިޔާމްއާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) އިސްވެސް، ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީއާއެކު ފާއިތުވެދިޔަ ހަފްތާގައި ސިޔާސީ މަޝްވަރާތައް ފަށާފައި ވަނިކޮށް، މިއަދު ދެޕާޓީގެ ސެނެޓްގެ ވަޓްސްއަޕް ގުރޫޕަށް އުސްތާޒު ސިއްދީގު މިއަދު ފޮނުވި މެސެޖުގައި ވިދާޅުވެފައިވަނީ ޕާޓީގެ ސެނެޓުން ލީޑަރޝިޕަށް އިޚްތިޔާރުތަކެއް ދިން ކަމަށާއި، އެހެންނަމަވެސް ޕާޓީގެ ސެނެޓަކީ ނެތް އެއްޗެއްކަމަށް ހަދައިގެން ނުވާނެ ކަމުގައެވެ.
ޕާޓީގެ ސެނެޓުން ޕާޓީގެ ލީޑަރޝިޕަށް އިޚްތިޔާރުތަކެއް ދިން ކަމުގައިވިޔަސް ޕާޓީގެ ސެނެޓް އެއީ ނެތް އެޗެއްކަމަށް ހަދައިގެން ނުވާނެ. ލީޑަރޝިޕްގެ ނިންމުންތަކުގެ މައުލޫމާތު ޕާޓީގެ ސެނެޓަށް އަރުވަން ވާނެކަމަށް ދެކެން. އަދި ޕާޓީގެ އާންމު މަސްލަހަތާއި ގުޅިފައިވާ ބޮޑެތި ނިންމުންތަކުގައި ސެނެޓާއި މަޝްވަރާވެސް ކުރުން މުހިންމު. އެއީ ކަންކަން ކާމިޔާބު ކުރުމަށާއި، މަސްލަހަތު އެކަމުގައި އޮތްގޮތް ކަމުގައި ދެކޭތީ މިވާހަކަ ހިއްސާ ކޮށްލީ. މި ޚިޔާލާމެދު ރަނގަޅު ނަޒަރަކުން ވިސްނުމަށް ހުރިހާ ބޭފުޅުންގެ އަރިހުން އެދެނެ.
ޝިޔާމްއާއި ޓޮމް އިސްވެ ތިއްބަވައިގެން ޑިމޮކްރެޓްސް ޕާޓީއާއެކު ބާއްވަމުންދާ މަޝްވަރާތަކާމެދު ނުރުހުން ފާޅުކުރަމުން ވަޓްސްއަޕް ގުރޫޕުގައި އުސްތާޒު ސިއްދީގު ވިދާޅުވިއެވެ.
އުސްތާޒު ސިއްދީގު ސެނެޓް ވަޓްސްއަޕް ގުރޫޕުގައި ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ތާއީދުކޮށް، އެހެން ބައެއް ސެނެޓަރުންވެސް ސެނެޓް ވަޓްސްއަޕް ގުރޫޕުގައި ވާހަކަ ދައްކަވާފައި ވެއެވެ. މިގޮތުން ސެނެޓަރެއް ކަމަށްވާ އަދި ރައްޔިތުންގެ މަޖިލިހުގެ ގެމަނަފުށި ދާއިރާގެ ކުރީގެ މެމްބަރު ޖަމީން އުސްމާނު ވިދާޅުވެފައިވަނީ ރައީސް ޔާމިން އައްޔަން ކުރައްވާފައިވާ 3 އެޑްވައިޒަރުންގެ ލަފައާއި މަޝްވަރާ މިފަދަ މުހިންމު ކަންކަމުގައި ހޯދުން މުހިންމު ކަމުގައެވެ.
އަދި ހަމައެއާއެކު ރައީސް އައްޔަން ކުރައްވާފައި ތިއްބެވި 3 އެޑްވައިޒަރުންގެ ލަފައާއި އިރުޝާދުވެސް މިކަހަލަ މުހިންމު ކަންތަކުގައި ލީޑަރޝިޕްއާއި ކައުންސިލުން ހޯދުން މުހިންމު ކަމުގައި ދެކެން!
ލީޑަރޝިޕްގެ ބައެއް ބޭފުޅުން ޑިމޮކްރެޓްސް ޕާޓީއާއެކީ ސިޔާސީ މަޝްވަރާތަކަށް ދިޔައީ، ޕީޕީއެމްގެ އެޑްވައިޒަރުންގެ މަޝްވަރާއަކާ ނުލާކަމަށް މޭރުން ކުރައްވަމުން، އަދި އުސްތާޒު ސިއްދީގުގެ މެސެޖަށް ރައްދު ދެއްވާ ޖަމީލް އުސްމާނު ވަޓްސްއަޕް ގުރޫޕުގައި ވިދާޅުވެފައި ވެއެވެ.
އިިދިކޮޅު ޕީޕީއެމްގެ އިސް ދެ ބޭފުޅަކު، ނަޝީދު އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީއާއެކު ސިޔާސީ މަޝްވަރާތައް ފަށާފައިވަނީ ފާއިތުވެދިޔަ ހަފްތާގައެވެ. އަދި މިމަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުންތަކަށްފަހު ދެ ޕާޓީންވެސް ބުނެފައިވަނީ އަމާޒަކީ ރައީސް ސާލިހު ބަލިކުރެވޭނެ ގޮތެއް ހޯދުން ކަމުގައެވެ.
އެހެންނަމަވެސް އެ ގޮތަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ޔާމިން ނެރުންކަމަށް ދެފަރާތަށް އެއްބަސް ވެވޭކަމަށް ދެފަރާތުންވެސް ބުނެފައެއް ނުވެއެވެ. އަދި މަޝްވަރާތަކުގައި ޕީޕީއެމްގެ ޕީޖީގެ އެންމެ ދެމެންބަރުން ބައިވެރިވެފައިވާއިރު، އެހެން ބޭފުޅުން މިމަޝްވަރާތަކަށް ތާއީދުކޮށް ވާހަކަވެސް ދައްކަވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ