ގިނަ އަހަރުތަކެއް ވަންދެން ހަނިމާދޫ މަގުހެދުމަށް ކުރަމުންދާ މަސައްކަތް ބާރު ސްޕީޑެއްގައިކޮށް މަަސައްކަތުގެ ބޮޑުބައި ނިންމާލައިފި އެވެ.
ހަނިމާދޫގެ މަގުހެދުމުގެ މަސައްކަތުގެ ތަފްސީލު ދެމުން އެމްޓީސީސީން ބުނެފައިވަނީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ނިމިފައި ވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ %95 ނިމިފައިވާއިރު، ދުވާރު ހެދުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ %85 އާއި ހޮޅިވަޅުލުމުގެ މަސައްކަތުގެ %48 ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ވަނީ ނިމިފައި. މި މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ %95 ވަނީ ނިމިފައި. އަދި ދުވާރު ހެދުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ %85 އާއި ހޮޅިވަޅުލުމުގެ މަސައްކަތުގެ %48 ވަނީ ނިމިފައި. pic.twitter.com/3bN99plRfY
— MTCC Plc (@MTCCPlc) December 3, 2020
ހދ.ހަނިމާދޫގެ މަގު ހެދުމުގެ މަސައްކަތް ފުރަތަމަ ފެށީ މީގެ 7 އަހަރުކުރިންް 2013 ވަނަ އަހަރުގައެވެ. ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސް މިހާތަނަށްވެސް ތާރު މަގުގައި ދުއްވާލުމުގެ އުފާ އެރަށު ރައްޔިތުންނަށް ލިބިފައެއް ނުވެއެވެ. ދިގުމުއްދަތަކަށް މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން އެމްޓީސީއާއި މަޝްރޫއު ހަވާލު ކުރި ފަހު އެމަސައްކަތް ބާރު ދުވެލީގައި ކުރިޔަށް ގެންގޮސްފައިވެއެވެ.
ހދ.ހަނިމާދޫ އަކީ އެކި ގޮތްގޮތުން އުތުރުގެ ތަރައްޤީގައި މުހިންމު ރަށެކެވެ. އިންޓަރނޭޝަން އެއަރޕޯޓުގެ ޚިދުމަތާއި، ވިޔަފާރިއަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އެރަށަށް އައިސް ގޮސްވެއެވެ. އިތުރު ދެރަށެއްގެ މީހުންވެސް އާބާދުކޮށްފައިވާ ހަނިމާދޫއަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ގެންދަވަނީ ކުރައްވަމުންނެވެ.
ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމި ޚިދުމަތްދޭން ފަށާފައިވާއިރު ރަށުގެ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދޭނެ ދުވަހެކެވެ. ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެރަށުގައި 2013 ވަނަ އަހަރު ފުރަތަމަ ފައްޓަވައިދެއްވީ އޭރުގެ ރައީސް ޑރ. މުޙައްމަދު ވަޙީދް ހަސަން އެވެ.
ކޮމެންޓު ފޮނުވާ