ސިވިލް ކޯޓުގެ ގާޟީ ޢަލީ ޢަބްދުﷲ އާއި، މެޖިސްޓްރޭޓެއްގެ މައްސަލައެއް ބަލަނީ

ސިވިލް ކޯޓުގެ ގާޟީ ޢަލީ ޢަބްދުﷲ އާއި، މެޖިސްޓްރޭޓެއްގެ މައްސަލައެއް ބަލަނީ

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 04:56
0

ސިވިލްކޯޓުގެ ޤާޟީ އަލީ އަބްދުﷲ ގއ.ޖުޑީޝަލް ދާއިރާ ހިންގުމާއި ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާޙީމް އިޙްސާންގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ އަބްދުﷲ އަލީ އާއި ގުޅޭގޮތުން ބަލަމުން ދަނީ، ވަގުތީ އަމުރެއް ނެރެދެއްވުމަށް އެދި ސިވިލްކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ވަގުތީ އަމުރާމެދު ގޮތެއް ނުނިންމަވައި އެކަށީގެންނުވާ މިންވަރަށް، މައްސަލަ ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެވެ.

ގއ.ޖުޑީޝަލް ދާއިރާ ހިންގުމާއި ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާޙީމް އިޙްސާން، އާއި ގުޅޭގޮތުން ބަލަމުންދަނީ ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި، ޝަރީއަތް ކުރިއަށް ގެންދިޔުމުގައި ޤާނޫނާ ޚިލާފަށް ޢަމަލުކުރިކަމަށް ބުނާ މައްސަލައެއްކަމަށް ޖޭއެސްސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.