ބެލުނަތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ސޮނީ ޓިވީގެ "ސީއަޑި" އަކީ މިހާރު ވެސް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ސިލްސިލާއެކެވެ.
މިސިލްސިލާގެ ކޮންމެ ކެރެކްޓާ އަކީ ވެސް ހަމަ އެހާމެ މުހިންމު އަދި ބެލުންތެރިންގެ މެދުގައިވެސް ވަރަށް މަގުބޫލު ބައެކެވެ. އެގޮތުން ސިލްސިލާ އަށް ބަލާއިރުގައި މިއީ ތަފާތު އެކި ކޭސްތަށް ނުވަތަ މައްސަލަތަށް ހައްލު ކުރުމަށް ފުލުހުންގެ ސީއަޑީ ޓިމުން ކުރާ މަސައްކަތް ދައްކުވައިދޭ ޑްރާމާއެކެވެ.
މި ޑްރާމާގައި ވިވެކް އަކީ އެ ސިލްސިލާގައި ފުލުހެއްގެ ރޯލު ކުޅުނު އެކްޓަރެކެވެ. އަދި ބެލުންތެންގެ މަގުބޫލުކަންވެސް އެ ރޯލަށް އިންތިހާއަށް ލިބިގެން ދިއައެވެ. އާންމު ގޮތެއްގައި އެކްޓިން އަށް ނުކުތުމަށް ފަހު އިންޑިއާގައި ކެރިއަރު ބަދަލުކުރާ މީހުން ވަރަށް މަދެވެ.
އެކްޓިން ދޫކޮށް ވިވެކް މަޝްރު ތަފާތު އެހެން ޕްރޮފެޝަންއެއް ވަނީ ހިޔާރުކޮށްފައިއެވެ. މިހާރު އޭނާއަކީ ޕްރޮފެސެރަކެވެ. އެމެރިކާގެ މިޝިގަން ޔުނިވަސިޓީން ގްރެޖްއޭޓްވުމަށް ފަހު، އިންޑިއާގެ ތައުލީމީ ދާއިރާ އަށް ވިވެކް އަންނަނީ ހިދުމަތް ކުރަމުންނެވެ.
އޭނާ މިހާރު ހުރީ ބެންގަލޫރްގެ ޕްރައިވެޓް ޔުނިވަސިޓީއެެއް ކަމަށްވާ ސީއެމްއާރްގެ ޑިޕާޓްމަންޓް އޮފް ކޮމަންް ކޯ ކަރިކިއުލަމްގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ. މީގެ އިތުރުން އޭނާ އަންނަނީ ވިޒިޓިން ޕްރޮފެސަރެއްގެ ގޮތުގައި ވެސް ބައެއް އެހެން ޔުނިވަސިޓީ ތަކުގައި މަސައްކަތް ކުރަމުންނެވެ.
މިކަން އާންމުންގެ ސަމާލު ކަމަށް އައިސްފައި ވަނީ ދާދި މިދާކަށް ދުވަހުގައި މޮނިކާ ޝަރުމާ ކިޔާ މީހަކު މިދިޔަ ބުދަ ދުވަހު ވިވެކް ފޮޓޯއަކާ އެކި ކުރި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓް ގައި އޭނާ ބުނީ ވިވެކް އަކީ މިހާރު އޭނާގެ ކޮއްކޮ ކިޔަވަމުން އަންނަ ޔުނިވަސިޓީގެ ޕްރޮފެސަރެއްކަމަށެވެ.
He is a professor at my brother's college now, not even kidding 😭 https://t.co/gut9qm3pHo
— Monika Sharma (@hereformonika) June 21, 2023
މި ޓްވީޓަށް ރައްދު ދީ ވިވެކް ވަނީ ޝޫކުރު އަދާ ކޮށް ޓްވީޓް ކޮށްފައިއެވެ. އަދި އޭނާ ކުރި މަސައްކަތް އަގުކުރާތީ ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށް އެޓްވީޓް ވަނީ ރިޓްވީޓް ކޮށްފައިއެވެ.
Thank you so much for your kindness, love, and appreciation for whatever little I have done. It means a lot to me and it is deeply appreciated! Infinite gratitude and love, always.👍🙏🙏🙏☀️⭐️💛 https://t.co/TjD0UJVR9B
— Viivek Mashru (@VIIVEKMASHRU) June 21, 2023
ވިވެކް ވަނީ ސީއަޑި ގެ އިތުރުން "އައްކަޅް ބައްކަޅް ބަމްބޭ ބޯ" ކިޔާ ޑްރާމާ އަކުންވެސް ފެނިގެން ގޮސްފައިއެވެ.
ކޮމެންޓު ފޮނުވާ