"ބަރުސާތޭ" ދައްކަން ފަށާނީ ޖުލައި 10 ގައި

"ބަރުސާތޭ" ދައްކަން ފަށާނީ ޖުލައި 10 ގައި

Author
ފާތިމަތު ނާވީ
29 ޖޫން 2023 01:36
0

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސިލްސިލާ "ބަރުސާތޭ" އަންނަ މަހުގެ 10 ގައި ސޮނީ ޓީވީން ޕްރީމިއާކުރާނެކަން އިއުލާންކޮށްފި އެވެ.

މި ސިލްސިލާ ޑްރާމާގެ ލީޑުން ފެނިގެންދާނީ ކާމިޔާބު ޑްރާމާ ތަކެއް ކުޅެފައިވާ ދެ ތަރިން ކަމުގައިވާ ޝިވާންގީ ޖޯޝީ އާއި ކުޝާލް ޓަންޑަން އެވެ. މީ މި ދެތަރިން އެކުގައި ކުޅޭ އަލަތު ޑްރާމާއެވެ.

ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ސިލްސިލާގެ ޕްރޮމޯ ތަށް މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އައީ ދައްކަމުންނެވެ. 'ކަމިންގ ސޫން' ޖަހައިގެން ދައްކަމުން އައި ޑްރާމާ ދައްކަން ފަށާ ދުވަސް އިއުލާން ކޮށްފައިވާ އިރުގައި މީ ބެލުންތެރިން ގެ މެދުގައި ވަރަށް ހިނގާ ޖޯންރާއެއްގެ ޑްރާމާއެކެވެ.

އެކްތާ ކަޕޫރްގެ ބާލާޖީގެ ތަތްގަނޑުގައި ނެރޭ މި ޑްރާމާ އަށް ދެން މާގިނަ ދުވަހަކު އިންތިޒާރު ކުރާކަށް ނުޖެހޭނެއެވެ. "ބަރުސާތޭ" ގެ އެޕިސޯޑްތައް ސޮނީން ގެނެސްދޭނީ ޖުލައި 10 އިން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމައިން ހުކުރު ދުވަހުގެ ރެއަށް ރާއްޖެ ގަޑިން 7:30 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.