ގޯތި ލިސްޓުގައި ގިނަ އަދަދަކަށް ބިދޭސީންނގެ ނަން!

ގޯތި ލިސްޓުގައި ގިނަ އަދަދަކަށް ބިދޭސީންނގެ ނަން!

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2023 11:41
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް އިޢުލާންކުރެއްވި ބިންވެރިޔާގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދިންއިރު، ލިސްޓުގައި ގިނަ އަދަދެއްގެ ބިދޭސީން ތިބިކަން ހާމަވެއްޖެއެވެ.

ލިސްޓުގައި ހިމަނާފައިވާ ބިދޭސީންގެ މައުލޫމާތު ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ. މީގެ ދެދުވަހެއް ކުރިން ރާއްޖޭގެ ރައްޔިތުކަން ދާދިފަހުން ހޯދި ބިދޭސީއެއްގެ ނަން ލިސްޓުގައި އޮތޮމުން ކޮމެޓީގެ ޗެއާ އަކްރަމް ކަމާލުއްދީން ވިދާޅުވީ އެއީ އޮޅުމަކުން ވީކަމެއްކަމަށެވެ. އަދި އެކަން ރަނގަޅު ކުރާނެކަމަށެވެ.

އެހެން ވިދާޅުވެފައި އޮއްވާ އަނެއްކާވެސް މިވަނީ ގިނަ އަދަދެއްގެ ބިދޭސީންގެ ނަން ލިސްޓުގައި އޮތުމުން އެކަން އާންމުގެ ސަމާލުކަމަށް އައިސްފައެވެ.

ލިސްޓުގައި ނަން އޮތް ބައެއް ބިދޭސީންގެ ނަންތައް،

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދިނުމުގެ އުސޫލުގައި ބުނާ ގޮތުން ގޯތި ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި މާލެ ރައްޔިތަކަށްވާން ޖެހެއެވެ. މާލެ ރައްޔިތެއް މާނަ ކުރާ ގޮތަށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެ އުސޫލަށް ގެނައި އިސްލާހުގައި ބުނާ ގޮތުން މާލެ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ރަޖިސްޓާވެފައި ނުވާ މީހުންނެވެ.

ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ ހޯދުމަށް 15،164 ފޯމް ހުށަހެޅިއެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅިއެވެ. އެތަނުން ޝަރުތު ހަމަވީ 12،794 ފޯމެވެ. އެއީ 19،857 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފޫހި
ޙާދަދެރައެެ ބިދޭސީނ ދިވެހިންގ މައްޗަށ އިސްކޮށްފި
ގ ގެވެތި
މިހާރުު ބެލެވެނީީ ގޯތިދިނުމުގަަ އެއްވެސްް މިންވަރަކައްް ބެލުމެއްކަމެއްނެތިި ގޯތިދޭންބޭނުންވާހާާ ބަޔަކައްް ބަހާލާފަަ އޮތަްް އެއްޗެއްގެެ ގޮތުގަަ ތީގަަ އެއްވެސްމިންވަރަކައްް އިންސާފެއްނެތްް ރައްޔިތުންް މިކަންބަލަންް ރައީސްއޮފީހައްދާންޖެހިއްޖެެ