ތަޖުރިބާކާރު ކުރީގެ ނޫސްވެރިޔާ ޖޯރޭ އެމްޑީޕީއަށް ސޮއިކޮށްފި

ތަޖުރިބާކާރު ކުރީގެ ނޫސްވެރިޔާ ޖޯރޭ އެމްޑީޕީއަށް ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
28 ޖޫން 2023 01:21
0

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި، ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރެއްވި ތަޖުރިބާކާރު ކުރީގެ ނޫސްވެރިޔާ ޖައުފަރު ރަޝީދު، ޖޯރޭ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކަޓްރީީގެ މަޤާމު ފުރުއްވަމުންދާ ޖޯރޭ އެމްޑީޕީއާއި ގުޅުނީ މިރޭ އެކަމަށްޓަކައި ބޭއްވުނު ޚާއްސަ ރައްމިއްޔާތުގައެވެ. މިރަސްމިއްލާތުގައި މިވަގުތު ލަންކާއަށް ވަޑައިގެން އުޅުއްވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި، އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވިއެވެ. ޖޯރޭ ސޮއިކުރައްވައި ފޯމް ހަވާލު ކުރެއްވީ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއެވެ.

ސޮއިކުރުމަށްފަހު ޖޯރޭ ވިދާޅުވީ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހާވެސް ދިމާކޮށް، ކޮޅުނބުގައި ހުރެ އެމްޑީޕީއަށް ސޮއިކޮށް، ރަސްމީކޮށް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ވެގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއްކަމަށެވެ. މިއީ ސިޔާސީ މަސައްކަތުގައި، ސިޔާސީ ޕާޓީއެއްގައި އޭނާ ރަސްމީ ފުރަތަމަ ފެށުން ކަމަށާއި، ސިޔާސީ މަސައްކަތް ފުރަތަމަ ފަހަރަށް ފެށި ޕާޓީގައި މިއަށްވުރެވެސް ބާރަށް ކުރިއަށްދާން އަޒުމް ކަނޑައަޅައިފައިވާކަމަށް ޖޯރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިން މަސައްކަތް ކުރީ އެމްޑީޕީއަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް ދެން މަސައްކަތް ކުރާނީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

އަދި ކިރިޔާ އަސްލު ސިޔާސީ ދާއިރާއަށް މި ވަދެވުނީ. އިރާދަކުރެއްވިޔާ ސިޔާސީ މަސައްކަތުގައި އަޅުގަނޑު އަބަދުވެސް ހުންނާނީ މިނިސްޓަރ ޝާހިދު އަރިހުގައި. އެއީ ސިޔާސީ ލީޑަރުންގެ ތެރެއިން އަޅުގަނޑު އެންމެ ލޯބިވާ އަދި އެންމެ ތާއީދު ކުރާ ލީޑަރު. އެމަނިކުފާނު ދެއްކެވި މަގަކުން ސިޔާސީ ކަންކަމުގައި އަޅުގަނޑު ކުރިޔަށް ދާނީ. މި ވާހަކަ ނޯޓު ކޮށްފައި ބާއްވާތި.

– ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ޖޯރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ މަސައްކަތުގައި ދެން ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ހޯދުމަށްކުރަން ޖެހޭ މަސައްކަތް ކުރުންކަމަށެވެ. އެކަން ކުރުމުގައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ޖޯރޭ ވިދާޅުވިއެވެ. ޖޯރޭ ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ލަންކާ އެމްބަސީގައި މަސައްކަތް ކުރާ ގިނަ ޑިޕޮލޮމެޓުންވެސް ވަނީ ބައިވެރިވެފައެވެ.

ޖޯރޭ އެމްޑީޕީއަށް ސޮއި ކުރުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން،

ޖޯރޭއަކީ ސޯސަން ވިލާގައި ސިޔާސީ ގޮތުން މަސައްކަތް ކުރި ނަމަވެސް، ލަންކާގައި ދިރިއުޅޭ ދިވެހި ގިނަ ރައްޔިތުންނާއި ގާތް ގުޅުމެއްބާއްވާ، އެންމެންގެ ގާތް މިތުރެކެވެ. ސޯސަން ވިލާގެ މީޑިއާ ކަންތައްތަކުގެ އިތުރުން ސޯސަންވިލާގެ ކިޔަވައި ދިނުމާއިބެހޭ އެންމެ އިސްވެރިޔާގެ ޒިންމާވެސް އަދާކުރައްވަނީ ޖޯރޭއެވެ.

ޖޯރޭ އެމްޑީޕީއަށް ސޮއި ކުރުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން،

ޖޯރޭއަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގަިއ 20 އަހަރު ޚިދުމަތް ކޮށްފައިވާ ކުޅަދާނެ ނޫސްވެރިއެކެވެ. އޭނާ ވަޒީފާ އަދާކުރި ގިނަ ނޫސްތަކުގައި އެޑިޓަރުކަމާއި، ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔުމާއި، ފޮޓޯ ނެގުމާއި، ނޫސްވެރިން ތަމްރީން ކުރުމުގެ މަސައްކަތްވެސް ވަނީ ކުރައްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބް ރައީސްކަންވެސް ޖޯރޭ ވަނީ ފުރުއްވާފައެވެ. މީޑިއާ ކައުންސިލްގައި ޖޯރޭ ވަނީ ލީގަލް އެންޑް އެތިކްސް ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވާފައެވެ.

ޖޯރޭ އެމްޑީޕީއަށް ސޮއި ކުރުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން،

ނޫސްވެރިކަމުގައި ޖޯރޭގެ ނަން އެންމެ ބޮޑަށް ހިނގާފައިވަނީ ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައެވެ. އޭރު ރާއްޖޭގައި ކުޅީވަރު ކަވަކުރު ކުރުމުގައި ޖޯރޭއަކީ ގިނަ ނޫސްވެރިންނަށް ނަމޫނާ ނޫސްވެރިއެއްވެސްމެއެވެ. ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ޖޯރޭ ފާހަގަވި ނަމަވެސް ނޫސްވެރިކަމާއި ދުރަށް ދިއުމުގެ ކުރިން އޭނާ ކަވަރު ކުރީ، ސިޔާސީ ދާއިރާގެ ޚަބަރުތަކެވެ. ސިޔާސީ ދާއިރާގެ ޚަބަރާއި މައުލޫމާތު ގެނެސް ދިނުމުގައިވެސް ޖޯރޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.