އައްޑޫ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުން ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ

އައްޑޫ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުން ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ

Author
އައިޝަތު އަޙްމަދު
13 މާރޗް 2026 07:22
0

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދު ތެރޭގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިގެން ފުލުހުން ތަހުގީގު ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:41 ހާއިރުއެވެ. މޫދުގައި މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެއްކަން ފުލުހުން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެއީ ކޮން ގައުމަކަށް ނިސްބަތްވާ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.

އެ މީހާގެ ހަށިގަނޑު މޫދުން ނަގައިގެން މިހާރު ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން މިހާރު ދަނީ އެ މީހާގެ ވަނަވަރު ދެނެގަތުމުގެ މަސައްކަތުގެ އިތުރުން، އޭނާ މަރުވާން މެދުވެރިވި ސަބަބު ހޯދުމަށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިންވެސް ހިތަދޫ ފަތާ ޓްރެކް ސަރަހައްދުންނާއި އައްޑޫގެ އެކި ސަރަހައްދުތަކުގެ މޫދުން މީހުން މަރުވެފައި އޮއްވާ ފެނިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.