މިމަހުގެ 18 ވަނަ ދުވަހުގައި ކައިވެނި ކުރި ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑީއޯލް އާއި އޭނާގެ އަންހެނުން ދްރިޝާ ހަނީމޫން މަނާލީގައި ހޭދަކުރަމުން އެބަދެއެވެ.
އިންޑިއާގެ ހިމާޗަލް ޕްރަދޭޝް ސްޓޭޓްގައި ގުދުރަތީ ރީތިކަމާއި ހިތްގައިމުކަން ލިބިފައިވާ އަދި ފެހިކަން ގަދަ ވާދީއެއް ފަދަ މަނާލީގައި ހަނީމޫންގެ ދުވަސްތަށް ގުނަމުން އަންނަ އިރުގައި އޭމީހުން އަންނަނީ ސޯޝަލް މީޑިއާގައި ފޮޓޯތަށް ހިއްސާ ކުރަމުންނެވެ.
މިމަހުގެ 18 ގައި ކަރަން އާއި ދްރިޝާގެ ކައިވެނި ކުރެވުނު އިރުގައި ދަރިޝާ އަކީ ދުބާއީގެ ޓްރެވެލް އެޖެންސީއެއްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. މީގެ އިތުރުން ޑްރިޝާ އަކީ ހިންދީ ސިނަމާގެ ކުރީގެ ޑައިރެކްޓަރު ބިމާލް ރޯއިގެ މުނިކާފަ ދަރިއެކެވެ.
32 އަހަރުގެ އެކްޓަރު އެމީހުން ގެ އާއިލީ ފިލްމް ކުންފުނީގެ ގިނަ ފިލްމް ތަކެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އިރުގައި އެކްޓިން އަށް ނުކުތީ ބައްޕަ ސަނީ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އޭނާ ވަނީ 2021 ގެ ފިލްމް "ވޭލޭ" އިން ވެސް ފެނިފައިވެ އެވެ.
ކޮމެންޓު ފޮނުވާ