މިއަދުގެ ރީތި ތާރީހުގައި މާލޭގައި 43 ކައިވެނި

މިއަދުގެ ރީތި ތާރީހުގައި މާލޭގައި 43 ކައިވެނި

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2023 10:29
0

މި އަހަރުގެ ރީތި ތާރީހެއްގެ ގޮތުގައި ފާހަގަ ކުރެވޭ މިއަދު (06/23/2023) 43 ކައިވެނި މާލޭގައި ކޮށްފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި އިއްޔެ އާއި މިއަދު 87 ކައިވެނި ވަނީ ކޮށްދީފައެވެ. އެއީ މިއަދު ކުރި 43 ކައިވެންޏާއި އިއްޔެ ކޮށްދިން 44 ކައިވެންޏެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ކައިވެނި ކޮށްފައި ވަނީ އިއްޔެއެވެ.

މިއަދުގެ ތާރީހާ ގުޅުވައި މާލޭގައި 58 ކައިވެނި ކުރާއިރު، ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ގިނަ ބަޔަކު ކައިވެނި ކުރާނެ ކަމަށް ބެލެވެއެވެ. އެކަމަކު އެ ހިސާބުތަކެއް ލިބޭނެ ގޮތެއް ނެތެވެ. މިދިޔަ އަހަރު މާލޭގައި އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި ކުރީ 22/12/2022ގެ ތާރީހުގަ އެވެ. އެ ދުވަހު މާލޭގައި 58 ކައިވެނި ކުރިއެވެ. އޭގެ ކުރީ އަހަރު 21/12/2021ގެ ތާރީހުގައި މާލޭގައި 57 ކައިވެނި ކުރިއެވެ.

ފެމެލީ ކޯޓުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނު އިރު ވަރިއާ ގުޅޭ އިތުރު 129 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ. އެ ތަފާސްހިސާބުތައް ދައްކާގޮތުން ކުރީ މަހުގެ ބާކީހުރި މައްސަލަތަކާއި އެކު މެއި މަހު ނިންމި ވަރީގެ މައްސަލަތައް 172 އަށް އަރައެވެ. ވަރިއާމެދު ޝައްކުވެގެން މިދިޔަ މަހު އެއް މައްސަލައެއް ހުށަހެޅުނުއިރު، އެ މައްސަލަ ނިންމާފައެއް ނުވެއެވެ.

މެއި މަހު ވަރި ސާބިތުކުރުމަށް 56 މައްސަލައެއް ހުށަހެޅުނުއިރު، ކުރީ މަހުގެ ބާކީ ހުރި އަދަދުތައް ހިމަނައިގެން 75 މައްސަލައެއް ނިންމާފައި ވެއެވެ. އަދި މަސް ނިމުނުއިރު، 20 މައްސަލައެއް ނުނިމި އެބަ އޮތެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.