މުޅި ދުނިޔޭގައިވެސް މަޝްހޫރު މެސެޖިން އެޕް އެއް ކަމުގައިވާ ޓްސްއެޕްގެ ޕްރައިވެޓް މެސެޖިން ފީޗާގެ ޕްރޮމޯޝަން ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާއާ އެކީ ކުރިއަށް ގެންދަން ފަށައިފި އެވެ.
ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕް އާއި ބަތަލާ އަނުޝްކާ ގުޅިގެން ޕްރައިވެޓް މެސެޖިން ފީޗާ ޕްރޮމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. މިކަން ވަޓްސްއެޕާއި އަނުޝްކާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ.
އަނުޝްކާ ބައިވެރިކޮށްގެން ވަޓްސްއެޕްއިން ކުރިއަށް ގެންދާ ޕްރޮމޯޝަން ތަށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އޭގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އުފައްދާ ގޮތަށްށެވެ
މީގެ ސަބަބުން ވަޓްސްއެޕަށް އޮންނަ އިތުބާރާއި ޔަގީންކަން ވެސް އިތުރުކޮށް ދޭން އަނުޝްކާ ކެމްޕޭންގައި މަސައްކަތް ކުރާނެއެވަޓްސްއެޕް އަށް އަންނަނި އަބަދުވެސް ތަފާތު ފީޒާ ތަށް ތާރަފް ކޮށް މި ބޭނުން ކުރާ މީހުންނަށް ރައްކާތެރިކަން ދިނުމަށް މަސައްކަތް ކުރަމުންނެވެ
2009 ވަނަ އަހަރު ވުޖޫދަށް އައި ވަޓްސްއެޕް ފޭސްބުކް ގަތީ 2014 ގަ އެވެ. މި އެޕްލިކޭޝަން އަކީ މުޅި ދުނިޔޭގައިވެސް ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެކެވެ.
ކޮމެންޓު ފޮނުވާ