ކާތިކް އާއި ކިއާރާގެ ފިލްމް އިން ފޯރިގަދަ ލަވައެއް

ކާތިކް އާއި ކިއާރާގެ ފިލްމް އިން ފޯރިގަދަ ލަވައެއް

Author
ފާތިމަތު ނާވީ
23 ޖޫން 2023 10:55
0

ކާތިކް އާރިޔާން އާއި ކިއާރާ އަދުވާނީ އެކުގައި ކުޅޭ ދެވަނަ ފިލްމު "ސަތިޔަޕްރޭމް ކީ ކާތާ" ގެ ފޯރިގަދަ ލަވަ އެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

މީ މިފިލްމް އިން ބެލުންތެރިންނަށް ދޫކޮށްލި ދެވަނަ ލަވައެވެ. މީގެ ކުރިން ވަނީ ވަރަށް އަސަރުގަދަ ލޯބީގެ ލަވައެއް ކަމުގައިވާ "ނަސީބް ސޭ" ވެސް ބެލުންތެރިންނަށް ދޫކޮށްލައިފައިއެވެ.

ފުރަތަމަ ދޫކޮށްލި ލަވައާއި ހިލާފަށް މިފަހަރުގެ ލަވަ އަކީ ވަރަށް ފޯރިގަދަ އެހާމެ ވަރުގަދަ ނެށުންތަކެއްވެސް ހިމެނޭ ލަވައެކެވެ. ޑާންސް ފޯމެއް ކަމުގައިވާ ގަރުބާ ޑާންސް ފެނިގެންދާ މި ލަވަ ބަލައިލާށެވެ.

"ސަތިޔަޕްރޭމް ކީ ކާތާ" އަންނަ އަހަރުގެ ޖޫން 29 ގައި ރިލީޒް ކުރުމަށް ތާވަލްކޮށްފައި ވާއިރުގައި މި ފިލްމް އަކީ ނޭޝަނަލް އެވޯޑް ހޯދާފައިވާ ސަމީރު ވިދުވަންސް ޑައިރެކްޓްކޮށް މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަޑިއާޑްވާލާ ޕްރޮޑިއުސްކުރާ ފިލްމްއެކެވެ.

ފިލްމަކީ މިއުޒިކަލް ލަވް ސްޓޯރީ އެކެވެ. މިއީ ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. މީގެ ކުރިން ދެތަރިން ވަނީ ފިލްމު "ބޫލް ބުލައްޔާ 2″ އިން ފެނިގެން ގޮސްފައެވެ. އެއީ މި އަހަރު ރިލީޒް ކުރި ފިލްމްއެކެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.