އާނަންދުގެ ފިލްމް އަށް ދަނުޝް

އާނަންދުގެ ފިލްމް އަށް ދަނުޝް

Author
ފާތިމަތު ނާވީ
22 ޖޫން 2023 07:00
0

2021 ވަނަ އަހަރުގައި ރިލީޒް ކުރި ފިލްމް "އަތުރަންގީ ރޭ" އިން ފެނިގެން ދިއަ އެއް އެކްޓަރު ކަމުގައިވާ ސައުތުގެ މަޝްހޫރު އެކްޓަރު ދަނޫޝް އާއި އެ ފިލްމް ގެ ޑައިރެކްޓަރު އާނަންދު އެލް ރާއީ ގުޅިގެން  އެކީ ފިލްމެއް ގެނެސްދޭން އިއުލާންކޮށްފި އެވެ.

'އަތުރަންގީ ރޭ" ގައި ދަނުޝްއާއި އެކުގައި ފެނިގެން ދިއައީ ސާރާ އަލީ ހާން އާއި އަކްޝޭ ކުމާރުއެވެ. އެ ފިލްމް އަކީ ލޯބިގެ ކަންތަށް ގަނޑެއް ދައުކައިދިން ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Aanand L Rai (@aanandlrai)

މިފަހަރުގެ ފިލްމް އަކީ ވެސް ލޯބީގެ ފިލްްމްއެކެވެ. ފިލްމް ގެ ނަމަކީ "ތެރޭ އިޝްގު މޭ" އެވެ. ފިލްމް ގެ ޓީޒާއެއް ދައްކައި ފިލްމް އިއުލާން ކުރި އިރުގައި ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

އަދި ހަމަ އެހެންމެ "ތެރެ އިޝްގު މޭ" ގެ ބަތަލާ އަކީ ކާކު ކަމެއް އަދި ހާމައެއްނުކުރެ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ހިމާންޝޫ ޝަރުމާ އާއި ނީރަޖް ޔާދަވް އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.