އައްޑޫ ސިޓީގައި ބޮޑު އީދު ފާހަގަ ކުރުމަށް ބާއްވާ ޝޯއަށް އިންޑިއާގެ މަޝްހޫރު ފުރާވަރު ލަވަކިއުންތެރިޔާ މުހައްމަދު ފައިޒު ގެންނާނެ ކަމަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފައިވާ ކަމަށް އައްޑު ސިޓީ އިން ވަނީ ބުނެފައިއެވެ. އެގޮތުން ބޮޑޫ ޖަމާއަތުގެ އީދު ނަމާދަށް ފަހު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.
ޢީދު ޝޯވް ބާއްވަން ނިންމާފައިވާއިރު މިޝޯވްގައިވެސް ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި އައްޑޫގެ ފަންނާނުންގެ ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އަދި މި ޝޯވްގައި ހާއްސަ މެހެމާނެއްގެ ގޮތުގައި މިދިޔަ އަހަރު އިންޑިއާގެ ސުޕަސްޓަރ ސިންގަރ 2 ވަނަ ސީޒަން ކާމިޔާބުކޮށް އެތަށް ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ މުހައްމަދު ފައިޒް ބައިވެރިވާނެ ކަން އައްޑޫސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
އުމުރުން 15 އަހަރުގެ ލަވަކިއުންތެރިޔާ ފައިޒް އައްޑޫ ޢީދު ޝޯވްއަށް އަންނަ އިރު، މިދިޔަ އަހަރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ، އުއްޗުގެ އުފަންދުވަހުގެ ހަރަކާތްތަކުގައިވެސް ބައިވެރިވުމަށް އޭނާ ވަނީ ރާއްޖެ އައިސްފައެވެ.
ކޮމެންޓު ފޮނުވާ