ބޮލީވުޑްގެ މަޝްހޫރު ލަވަ ކިއުންތެރިއާ ނޭހާ ކައްކަރު އާއި ފިރިމީހާ ރޯހަން ޕްރީތް ސިންގް ވަރިފަށަށް އަރައިފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތަކަށް ނޭހާ ރައްދު ދީފިއެވެ.
ނޭހާ އޭނާގެ ފިރިމީހާ ރޯހަންޕްރީތުއަކީ ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުތަކުގެ ތެރެއިން އެއްޖޯޑެވެ. ކުއްލި ގޮތަކަށް މި ކައިވެނިކުރެވުނު ނަމަވެސް ދެމީހުންގެ މެދުގައި އިންތިހާ ލޯބި އޮންނަކަން އެންމެންވެސް ދަނެއެވެ.
ނޭހާ އާއި ފިރިމީހާ ކައިވެނީގެ ގުޅުމުގައި މައްސަލަތަކެއް ޖެހި ދެ މީހުން ވަރިފަށަށް އެރި ކަމަށް ބުނެ ދެކެވުނު ވާހަކަތަކާ ގުޅިގެން ނޭހާގެ ފޭނުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ވެސް ލިބުނެ އެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި ދެ މީހުން ވަރިވާ ހިސާބަށް ގޮސްފައިވާ ކަމަށާއި އެމީހުން ގެ ގުޅުން މިހާރު ގާތްގަޑަކަށް ނިމިފައިވާ ކަމަށް ބުނެ ވާހަކަ ފެތުރުނެވެ.
އެ ވާހަކަ ތަކަށް ނުވަތަ އިލްޒާމް ތަކަށް ނޭހާ ވަނީ ޖަވާބު ދީފައިއެވެ. އެގޮތުން އޭނާ ވަނީ އެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނެއްކަން ހާމަވާހަފަ ލޯބި ފޮޓޯތަކެއް ހިއްސާކޮށްފައިއެވެ. ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ފޮޓޯތަކަކުން ޔަގީންކޮށް ދިނީ ކައިވެނީގެ ގުޅުމުގައި އެއްވެސް މައްސަލައް ނެތްކަމެވެ.
ރޯހަންއާއި ނޭހާގެ މެދުގައި މައްސަލަ ޖެހިގެން އުޅޭ ކަމަށް އަޑު ފެތުރުނީ މި ޖޫން މަހުގެ ހަވަނަ ދުވަހު ފާހަގަކުރި ނޭހާގެ އުފަން ދުވަހުގެ އެއްވެސް ކަމެއްގެ ތެެރެއިން ރޯހަން ނުފެނުމުންނެވެ.
އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ނޭހާ އާއި ރޯހަން ކައިވެނިކުރީ 2020 ގަ އެވެ. ދޭތެރެ ދޭތެރިން ނޭހާ ބަނޑުބޮޑު ކަމަށް ބުނެވެސް ވާހަކަ ފެތުރެއެވެ.
ކޮމެންޓު ފޮނުވާ