ޝާހިދު އާއި ކްރިތީގެ ފިލްމު ފަސްކޮށްފި

ޝާހިދު އާއި ކްރިތީގެ ފިލްމު ފަސްކޮށްފި

Author
ފާތިމަތު ނާވީ
19 ޖޫން 2023 07:52
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު އާއި ކްރިތީ ސެނޮން އެކުގައި ކުޅުން އަލަތު ފިލްމް ރިލީޒް ކުރާ ދުވަސް ފަސްކޮށްފިއެވެ.

މިދިޔަ މަހު ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކައިލި ފިލްމް އޭރުގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައި އޮތީ އޮކްޓޯބަރު މަހުގައިއެވެ. ނަމަވެސް ފިލްމް މިހާރު މި ވަނީ ފަސްކޮށްފައިއެވެ. އެގޮތުން ފިލްމް މިހާރު ތާވަލް ކޮށްފައި އޮތީ ޑިސެމްބަރު މަހަށެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާފައިވާ މި ލޯބީގެ ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 7 އަށެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ފިލްމް ގެ ނަމެއް ހާމަކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Maddock Films (@maddockfilms)

ނަމެއް ދީފައި ނުވާ މި ފިލްމްއަކީ ކާސްޓުން ޑިމްޕަލް ކަޕާޑިއާ އާއި ދަރްމެންދުރާ ވެސް ފެނިގެންދެ ފިލްމްއެކެވެ.  މި ފިލްމް އަކީ ތަފާތު ލޯބީގެ ފިލްމް އެއް ކަމަށް ވެއެވެ.  މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ޑައިރެކްޓްކުރި އެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.