"ޕްރޮޖެކްޓް ކޭ" ގެ ވިލަން އަކީ ކަމަލް ހަސަން

"ޕްރޮޖެކްޓް ކޭ" ގެ ވިލަން އަކީ ކަމަލް ހަސަން

Author
ފާތިމަތު ނާވީ
18 ޖޫން 2023 10:54
0

ސައުތުގެ ސްޕަސްޓާރު ޕްރަބާސް އަދި ބޮލީވުޑްގައި ރަނިކަން ކުރަމުން އަންނަ ބަތަލާ ދީޕިކާ ޕަދުކޯން އެކުގައި ކުޅެމުން އަންނަ ފިލްމް "ޕްރޮޖެކްޓް ކޭ" ވިލަންގެ ރޯލަށް ތަޖުރިބާކާރު އެކްޓަރު ކަމަލް ހަސަން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކަމަލް އަކީ ބޮލީވުޑްގެ އިތުން ސައުތުގެ ފިލްމް ތަކުންވެސް ބެލުންތެރިންގެ މަގުބޫލު ކަން ހޯދައިފައިވާ އެކްޓަރެކެވެ. ހާއްސަކޮން އޭނާގެ މަގުބޫލު ކަން ސައުތު އިންޑަސްޓްރީގައި ބޮޑެވެ.

އުމުރުން 68 އަހަރުގެ ހުނަރުވެރި އެކްޓަރު އެ ފިލްމަށް ސޮއިކުރީ 150 ކްރޯޑް ރުޕީސް (18.2 މިލިއަން ޑޮލަރު) އަށް ކަމަށް ހަބަރުތަށް ބުނެއެވެ. މީ ދީޕިކާ އާއި ޕަރަބާސް އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ. ފިލްމްގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށް ދާއިރުގައި، ފިލްމުގެ ކްރޫއާ އޭނަ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ކަމަލް  ގުޅޭނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Kamal Haasan (@ikamalhaasan)

ތެލެގޫ ޑައިރެކްޓަރު ނާގް އާޝްވިން ގެ މި ފިލްމްގެ ކާސްޓުގައި އަމީތާބް ބައްޗަނާއި ޑިޝާ ޕަޓާނީ ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.