އަންހެނުން ކޮމެޓީތަކުގެ 5 ބައި އިލެކްޝަން ކާމިޔާބުކޮށް، ޕީޕީއެމްއަށް ބޮޑު ކާމިޔާބެއް!

އަންހެނުން ކޮމެޓީތަކުގެ 5 ބައި އިލެކްޝަން ކާމިޔާބުކޮށް، ޕީޕީއެމްއަށް ބޮޑު ކާމިޔާބެއް!

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2023 07:34
0

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ޤާނޫނަށް ގެނައި އިސްލާހާއިއެކު ބޭއްވި ބައި އިލެކްޝަންސްތަކުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ނަތީޖާތަކުގައިވާ ގޮތުން 8 ބައި އިލެކްޝަންގެ ތެރެއިން 5 ގޮޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ. އެމްޑީޕީން މިއިންތިޚާބުގައި ދެގޮނޑި ކާމިޔާބު ކޮށްފައިވާއިރު، މިނިވަން ކެނޑިޑޭޓެއްވެސް ވަނީ އެއް ގޮޑި ކާމިޔާބު ކުރައްވާފައެވެ.

އިދިކޮޅު ޕީޕީއެމްގެ ފަރާތުން އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ކ. ދިއްފުށި އަންހެނުންގެ ކޮމެޓީއަށް ވާދަކުރެއްވި ޢައިޝަތު ސާހިރާ އާއި، މ. ވޭވަށު ގޮނޑިއަށް ވާދަކުރެއްވި، ޝިފާޒާ އިބްރާހިމްއާއި، ހދ. ފިނޭ ގޮނޑިއަށް ވާދަކުރެއްވި، ޒުހުދާ މުހައްމަދު ލ. މާމެންދޫ ގޮނޑިއަށް ވާދަކުރެއްވި، ސަޢުދިއްޔާ ޙުސެއިންގެ އިތުރުން ގދ. ހޯނޑެއްދޫ ގޮނޑިއަށް ވާދަކުރެއްވި، ނަޒުރާނާ ހުސެއިން މަނިކު އެވެ.

މި ބައި އިލެކްޝަންގައި ވެރިކަން ކުރާ މައި ޕާޓީން ކާމިޔާބު ކުރައްވާފައިވަނީ އއ. ފެރިދޫ ގޮނޑިއަށް ވާދަކުރެއްވި، ސާނާ އަހުމަދާއި، ތ. ގާދިއްފުށި ގޮނޑިއަށް ވާދަކުރެއްވި، މަރިޔަމް ޙަސަން އެވެ. މި ބައި އިލެކްޝާންގައި ރ.އަގޮޅިތީމުގެ ގޮޑި ކާމިޔާބު ކުރީ މިނިވަން ކެނޑިޑޭޓް ޢާސިމާ ރަޝީދު އެވެ.

ބައި އިލެކްޝަންތަކުގެ ނަތީޖާ:
– އއ. ފެރިދޫ
1. ސާނާ އަހުމަދު / އެމްޑީޕީ – 244
2. ވަސީމާ މުޙައްމަދު / ޕީޕީއެމް – 205

– ހދ. ފިނޭ
1. މުއުމިނާ އިބްރާހިމް / އެމްޑީޕީ – 133
2. ޒުހުދާ މުހައްމަދު / ޕީޕީއެމް – 147

ރ. އަނގޮޅިތީމު
1. ޚަދީޖާ ހުސެއިން މަނިކު / ޕީޕީއެމް – 82
2. ޢާސިމާ ރަޝީދު / އަމިއްލަގޮތުން – 95

– ކ. ދިއްފުށި
1. ޢައިޝަތު ސާހިރާ / ޕީޕީއެމް – 181
2. ފާތިމަތު ޢަރުޝީ / އަމިއްލަގޮތުން – 174

– މ. ވޭވަށް
1. ދުންޔާ ޚާލިދު / އެމްޑީޕީ – 101
2. ޝިފާޒާ އިބްރާހިމް / ޕީޕީއެމް – 113

– ތ. ގާދިއްފުށި
1. މަރިޔަމް ޙަސަން / އެމްޑީޕީ – 234
2. ނިހާމާ ޢަބްދުﷲ / ޕީޕީއެމް – 158

– ލ. މާމެންދޫ
1. ސަޢުދިއްޔާ ޙުސެއިން / ޕީޕީއެމް – 224
2. ނާޒިމާ ޢަބްދުއްސަމަދު / އެމްޑީޕީ – 202

– ގދ. ހޯނޑެއްދޫ
1. ނަޒުރާނާ ހުސެއިން މަނިކު / ޕީޕީއެމް – 204
2. ލިޒުނާ ނަސީރު / އެމްޑީޕީ – 86
3. މައިމޫނަތު ޝަރީފް / އަމިއްލަގޮތުން – 76

ޕީޕީއެމް އިން އަންނަނީ މިއަދު ލިބުނު ކާމިޔާބީ ފާހަގަ ކުރަމުންނެވެ. ޕީޕީއެމް ހިންގުމާއި މިހާރު ހަވާލުވެ ހުންނެވި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުއްރަހީމް (އަދުރޭ) ވަނީ ރައީސް ޔާމީން އަށާއި ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިހާބު ކުރި ރަށްތަކަށް މަރުހަބާ ވިދާޅުވެފައެވެ. ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ސިފަ ކުރެއްވި ގޮތުގައި ރިޔާސީ އިންތިހާބަށް ދެމަސް ދުވަހަށް ވެފައި ވަނިކޮށް ވެރިކަން ކުރާ އެމްޑީޕީގެ މައްޗަށް މިއަދު ހޯއްދެވުނީ ވަރަށް ބޮޑު ކާމިޔާބެކެވެ.

ޤާނޫނުގައި ކުރިން އޮތްގޮތުން އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ. ނަމަވެސް ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބެއް ބާއްވަން ޖެހޭނީ 365 ދުވަހުގެ ތެރޭގައެވެ.

ނަމަވެސް އަންހެނުންގެ ކޮމެޓީގެ ކޯރަމް ހަމަނުވާ ޢަދަދަށް ކޮމެޓީގެ މެމްބަރުން މަދުނަމަ، ޤާނޫނުގައި އޮންނަ ގޮތުގެ މަތީން އިންތިޚާބުތައް ބާއްވަމުން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.