އާޒިމާގެ ތާއީދު ނާޒިމަށް

އާޒިމާގެ ތާއީދު ނާޒިމަށް

Author
ހުސެއިން
15 ޖޫން 2023 06:14
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމަށް ތާއީދު ކުރުމަށް، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ނިންމަފައިފިއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ނާޒިމަށް ތާއީދުކުރާކަން ހާމަކޮށް ނެރުއްވި ބަޔާނުގައި އާޒިމާ ވިދާޅުވެފައިވަނީ، ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް އުފައްދާފައިވާ މުވައްސަސާތައް ނުފޫޒުގެ ދަށަށް ގޮސް، ގައުމުގެ މިނިވަންކަމާއި ރައްކާތެރިިކަމަށް ނުރައްކާ ވެފައިވާކަމުގައެވެ.

މިގޮތުން އާޒިމާ ވިދާޅުވެފައިވަނީ، ރާއްޖޭގެ ވެރިންގެ އާ ޖީލަކަށް އަދި ވެރިކަމުގެ އެންމެ މަތީ ފަންތީގައި އާ ވިސްތުންތަކަކަށް ފުރުސަތު ލިބެންޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި މިހާރުގެ ސިޔާސީ ވިސްނުންތަކުގެ މައްޗަށް ތައުލީމީ، އީޖާދީ އަދި ޒަމާނީ ވިސްނުންތަކަކަށް ފުރުސަތު ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ.

ނާޒިމްއަކީ އޭނާގެ ސިޔާސީ އެމްބިޝަން އެއް އޮވެ، އޭނާ ހުންނެވި ޕާޓީން އެފުރުސަތު ލިބެން ނެތުމުން، އެކަން ހާމަކުރައްވައި، ޕާޓީން ވަކިވެ، ވެރިކަމުގެ ރޭހުގައި މުރާލިކަމާއެކު، ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް.

ވެރިކަމުގެ އެމްބިޝަނެއް އޮވެ އެކަމާ ކެރިގެން ކުރިމަތިލައި ސާބިތުކަމާއެކު މަސައްކަތްކުރުމަކީ މަގުބޫލު ސިފައެއް ކަމަށް ފާހަގަ ކުރައްވަމުން އާޒިމާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އާޒިމާ ވިދާޅުވެފައިވަނީ، ނާޒިމްގެ ރިޔާސީ ކެމްޕޭންގެ ސިޔާސަތު އެކުލަވާލުމަށާއި އަދި އެނޫންވެސް މަސައްކަތްތަކުގައި ނާޒިމްއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު ދެމަހެއްހާ ދުވަސް ވެފައިވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހެޔޮއެދޭ ފަރާތެއް
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އާޒިމާއަށް ތާއީދުކުރާކަން ހާމަކޮށް ނެރުއްވި ބަޔާނު ދެވަނަ ޕެރެގްރާފް އަވަހަށް ބަދަލުކޮށްލައްވާ
ހ ހެޔޮއެދޭ ފަރާތެއް
މިހާރު މިވާގޮތެއް ނޭނގުނު، އަވަހަށް ކުށް ރަގަޅުކުރައްވާ އެހެން ބަޔަކު ބަހެއް ނުބުނަނީސް. ނާޒިމަށް ތާއީދު ގެ ބަދަލުގައި އެއޮތީ އާޒިމާއަށް ތާއީދޭ ޖެހިފަ، މުޅިން ގޯސްކޮށް މުޅި ޖުމްލަ، ކުޑަކޮށް ޗެކްކޮށްފަ ހަބަރު ލިޔުއްވާ، އެނޫނީ ކަމަކު ނުދާނެނޫންތޯ