ޑރ. އިޔާޒްއާއި މަގުމަތިން ދިމާކޮށް "ކާފަރަށް" ގޮވައިފި

ޑރ. އިޔާޒްއާއި މަގުމަތިން ދިމާކޮށް "ކާފަރަށް" ގޮވައިފި

Author
ހުސެއިން
14 ޖޫން 2023 06:18
0

އަދާލަތު ޕާޓީގެ އިމްވެރިންގެ މަޖިލިހުގެ މެމްބަރު، އަދި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒުއާއި މަގުމަތިން ދިމާކޮށް އޭނާއަށް "ކާފަރަށް" ގޮވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުން އިޔާޒްއާއި މަގުމަތިދިން ދިމާކޮށް، އޭނާއަށް "ކާފަރަށް" ގޮވާފައިވަނ ސައިކަލުން ދުއްވާފައި ދަނިކޮށް އިދިކޮޅުން ކުރަމުންދިޔަ މުޒާހިރާއެއްގެ ތެރެއަށް އޭނާއަށް ވަދެވުމުންނެވެ.

މަޖީދީ މަގުގައި ކުރަމުންދިޔަ މުޒާހިރާގެ ތެރެއަށް އޭނާއަށް ވަދެވުމާއެކު މުޒާހިރާގެ ބައިވެރިންނަވަނި އޭނާއަކީ "ބޮޑު ކާފަރެއް" ކަމަށް ގޮވަމުން އޭނާ ފަހަތުން ދުވެ ދިމާކޮށް ހަދާފައެވެ. އިޔާޒުގެ ފަހަތުން ދުވެ ހަދާފައިވަނީ މުޒާހިރާގައި ބައިވެރިވަމުން ދިޔަ އަންހެން އެކްޓިވިސްޓުންނެވެ.

ރައީސް ޔާމިން މިނިވަންކުރުމަށް އަޑު އުފުލަމުންދިޔަ މުޒާހިރާގެ ބައިވެރިން ޑރ. އިޔާޒުއާއި ދިމާކޮށް "ކާފަރަށް" ގޮވާފައިވާއިރު، އޭނާއަކީ ރައީސް ސާލިހަށް ތާއީދުކޮށް، ޔާމިނަށް ވަަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.

އަދި އޭނާ ފާހަގަ ކޮށްލެވެނީ، ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ސަރުކާރާ ޚިޔާލު ތަފާތު ސިޔާސީ ފަރާތްތަކުން އެންމެބޮޑަށް ފާޑުކިޔާ އެއް ދީނީ އިމްވެރިއެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަޚީލު
ތި އިޔާޒު ހަމަ ނުހުރެވިގެން ގޮސް ގަސްތުގާ އެމީހުންތެރެއަށް ވަދެގަތީތި، ތި އިޔާޒަކީ ރޔާމީނާ ޒާތިގޮތުންޖެހިގަނެގެން އުޅޭ މީހެއް، އެވަރުގެ މީހަކު ޕީޕީއެމާ ވެސް ހަމަ ހަސަދަ ރޯވެފަ ހުނާނީ، ރޔާމީންގެ ދިފާއުގާ ބަހެއް ބުނާ މީހަކާވެސް އޮންނާނީ ހަމަ ހަސަދަ، އަބަދު އަބަދު ރޔށމީނަށް ފުރައްސާރަ ކޮށް ކޮށް ހުންނާނީ، ދީނީއިލްމުވެރީންނަކީ މީހުނާޖެއްސިގަނެގެން އުޅޭ ބައެއްކަން މީގެ ކުރީން އެނގިފާ ނުވޭ އެހެނަސް އަދާލަތޭ މިކިއާ ޕާޓީގެ މީހުންނަކީ ސިޔާސީ އިލްމުވެރީން، ދީނީއިލްމުވެރީން ވިއްޔާ ވަކި މީހަކާ އެއްސިގަނެގެން ނޫޅޭނެ، ދީނީއިލްމުވެރީންނަކީ އެންމެނަށްވެސް ލޯބިވެ އެންމެނަށްވެސް ރަނގަޅު ނަސޭހަތްތައް ދޭނީ، އަދި އުޅޭނީވެސް ވަރަށް ހެއޮގޮތެއްގާ.