މެޗު ކޮންޓްރޯލް ބޭނުންވާނަމަ ފުރަތަމަ ލަނޑުޖަހަންޖެހޭ : ޑިޝޯމްޕް

މެޗު ކޮންޓްރޯލް ބޭނުންވާނަމަ ފުރަތަމަ ލަނޑުޖަހަންޖެހޭ : ޑިޝޯމްޕް

Author
އިބްރާހީމް ސާޢިދު
07 އޮކްޓޯބަރ 2020 07:41
0

މިރޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ޔުކްރެއިނާ ދެކޮޅަށް ނުކުންނައިރު މެޗުގެ ކޮންޓްރޯލް ބޭނުންވާކަމުގައި ވަނީނަމަ ފުރަތަމަ ލަނޑުޖަހަން ޖެހޭކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނެފި އެވެ.

މިރޭ ޔުކްރެއިނާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ޑިޝޯމްޕް ބުނީ މިގޮތައް މެޗުތަކަށް ތައްޔާރުވެވޭނީ އިދިކޮޅަށް ނުކުންނަ ޓީމަކަށް ބެލުމަށްފަހު ކަމަށެވެ. ކޮންމެ ޓީމަކާ ދެކޮޅަށް ނުކުތްކަމުގައި ވިޔަސް ފްރާންސްއިން ނުކުންނާނީ މެޗުގެ ކޮންޓްރޯލް އަތުލައިގެން ކުޅެންކަމަށެވެ.

އޭނާ ބުނީ ބޭނުންވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރަން ކަމަށާއި އެއީ އަބަދުވެސް ފްރާންސުގެ ކުޅުންކަމަށެވެ. އޭނާ މެޗަށް ނެރެން ބޭނުންވަނީ ހަމަހަމަކަން އޮތް ވާދެވެރި ޓީމެއްކަމަށް ފްރާންސްގެ ކޯޗު ބުނިއެވެ.

އެންމެފަހުގެ ތަމްރީންތަކަށް ފަހު ނިންމާނީ ކޮންކުޅުންތެރިންނެއް ކަމެއް މެޗުގައި ކުޅޭނީ، ފްރާންސްގައި އޮތީ ވަރަށް ވާދަވެރި ސްކޮޑެއް. ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ކޯޗެއްގެ ގޮތުގައި ވެސް ވޯލްޑްކަޕް ތަށި އުފުލާލި ޑިޝޯމްޕް ބުނެފައިވެ އެވެ.

އެންމެ ފަހުން މި ދެޓީމު ވާދަކޮށްފަވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައިއެވެ. އެ މެޗު 3-0 ލަނޑުން ކާމިޔާބުކުރީ ފްރާންސްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.