ތުޅާދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ތުޅާދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

Author
އަޒްފާ ރަޝީދު
12 ޖޫން 2023 09:19
0

ހެލްތު މިނިސްޓްރީން ބ. ތުޅާދޫގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލު ޤާއިމްކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

އެމްޓީސީސީއިން މިއަދު ބުނީ ތުޅާދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ބުދަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ސާވިސް ބްލޮކްއަކާއި އެކޮމޮޑޭޝަން ބްލޮކެއް ހިމެނޭހެން ދެ ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 114.50 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.