ކޯވިޑް19ގައި ރާއްޖޭގައި އިތުރު މަރެއް

ކޯވިޑް19ގައި ރާއްޖޭގައި އިތުރު މަރެއް

Author
ހުސެއިން
05 ޖޫން 2023 05:35
0

ކޯވިޑް19 ގައި ރާއްޖޭގައި މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މި މީހާ ނިޔާވެފައިވަނީ ފާއިތުވެދިޔަ ހަފްތާގައެވެ. އަދި ފާއިތުވެދުޔަ ހަފްތާގައި 14 މީހަކު މާލޭ ސަރަހައްދުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެހެން ރަށްތަކުން 3 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި 4 މީހަކުވަނީ އެޑްމިޓްކޮށްފައެވެ. އެ ހަފްތާގައި ޖުމަލް 21 މީހަކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

ފާއިތު ހަފްތާގައި ކޯވިޑަށް ޕޮޒިޓިވް ވެގެން ނިޔާވި މީހާއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެ ނިޔާވި މީހުންގެ އަދަދު ވަނީ 316 އަށް އަރާފައެވެ. އަދި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ 186،672 އަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.