އައްޑޫ މީދޫ ޕީޕީއެމްގެ އެއްތަނބު އެމްޑީޕީއާއި ގުޅިއްޖެ

އައްޑޫ މީދޫ ޕީޕީއެމްގެ އެއްތަނބު އެމްޑީޕީއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
05 ޖޫން 2023 11:28
0

އައްޑޫ މީދޫ ދާއިރާގެ އިދިކޮޅު ޕީޕީއެމްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އިބްރާހީމް ދީދީ ޕާޓީ އެމްޑީޕީއާއި ގުޅިއްޖެއެވެ.

މިބައްދަލުވުމުގައި އައްޑޫ މީދޫގައި އިދިކޮޅު ޕީޕީއެމްގެ އިސް ހިންގުންތެރިޔާ މުހައްމަދު އިބްރާހީމް ދީދީ ވަނީ އެމްޑީޕީއާއި ގުޅިވަޑަިއގެންފައެވެ. އޭނާ ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލު ކުރެއްވީ އެމްޑީޕީގެ އެންމެ އިސް ލިޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެވެ. މިރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ މީދޫއަށް ވަޑައިގެން ރައްޔިތުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި މީދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުމާއި، އެދޭކަންކަން ރައީސާއި ވަނީ ހިއްސާ ކުރައްވާފައެވެ.

ރައީސްގެ މިދަތުރުފުޅުގައި އައްޑޫސިޓީ މަރަދޫ ދާއިރާގައި މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި ކައުންސިލަރ އަޙްމަދު ނާދިރު ވެސް ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

އައްޑޫއަށް ލިބޭ ތަރައްޤީ ފާހަގަކޮށް އުފާ ފާޅުކުރުމުގެ ގޮތުން އައްޑު ސިޓީ ކައުންސިލުންވަނީ ރޭ ހަވާއަރުވާފައެވެ. ހަވާ އެރުވުން އޮތީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން ކުރިއަށްދިޔަ ހިތަދޫގައި ހުންނަ އައްޑޫސިޓީ ސްކޮޔާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަދެދޭ
ތިއޮތީ ދެން އާކުކުޅަކަށް ގާބިހެއް އެޅިފާ، ދެން ބާރަށް ކޮއްކުޓާރު ޖަހާ.