އަރބަންކޯއާއި ޓީ-ހަބްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އަރބަންކޯއާއި ޓީ-ހަބްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
ހުސެއިން
04 ޖޫން 2023 06:00
0

އަރބަންކޯއާއި ޓީ-ހަބް ފައުންޑޭޝަންއާއި ދެމެދު  ޓެކްނޮލޮޖީ އަދި އިނޮވޭޝަން ބްރިޖެއް ގާއިމްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަރބަންކޯގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. ޓީ-ހަބް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޑެލިވަރީ އޮފިސަރ އާނިޝް އެންތަނީއެވެ.

އާބަންކޯއިން ހަމަކޮށްފައިވާ ގޮތުގައި، އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އަރބަންކޯއާއި، ޓީ-ހަބް ފައުންޑޭޝަންއާއި ދެމެދު އިނޮވޭޝަން އަދި ޓެކްނޮލޮޖީ ޓްރަންސްފަރ ކުރެވިގެންދާނެއެވެ. އަދި ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އީޖާދީ އީކޯސިސްޓަމެއް ބިނާކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށްވެސް އާބަންކޯއިން ބުނެފައި ވެއެވެ.

އާބަންކޯއިން އިތުރަށް ބުނެފައިވަނީ، އެކުންފުންޏާއި ޓީ-ހަބް ފައުންޑޭޝަންއާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމަކީ ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެއް ކަމުގައެވެ.

ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އަރބަންކޯގެ ސްމާޓްކޮމް ބްރޭންޑުން ދަނީ އެކަމަށް ބޭނުންވާ ޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތަޢާރަފު ކުރަމުންކަމަށް އެކުންފުނިން ބުނެފައި ވެއެވެ. އަދި ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް  ލުއި ފަސޭހަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ވެގެން ދިއުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއްކަމުގައިވެސް ބުނެގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.