H7 ކެޓެގަރީން ލިސްޓުގައި ނެތް 655 މީހަކަށް ފްލެޓް ދީފައިވޭ

H7 ކެޓެގަރީން ލިސްޓުގައި ނެތް 655 މީހަކަށް ފްލެޓް ދީފައިވޭ

Author
މުޙައްމަދު ޝަޒައިމް
02 ޑިސެމްބަރ 2020 01:30
0

ހިޔާ މަޝްރޫއުގެ H7 ކެޓަގަރީއަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށްފައިވާއިރު، ލިސްޓުގައި ނެތް655 މީހަކަށް ފެލްޓް ދީފައިވާކަމަށް  "އާއްމުންގެ އެކުވެރި ގުޅުން" ޖަމިއްޔާ އިން ބުނެފިއެވެ.

އާންމު އެކުވެރި ގުޅުމުން ކޮށްފައިވާ ޓްވީޓުގ ތަކުގައި ބުނެފައިވަނީ ލިސްޓުން އުނިކޮށް ކުރިން ލިސްޓުގައި ނެތް 655 މީހުންނަށް H7 ކެޓަގަރީއަށް ފްލެޓު ދީފައިއިވާކަމަށެވެ. މިފަހަރު އުނި ކުރެވުނު، ކުރިން ފްލެޓު ލިބި ދައުލަތުގެ ނިޝާން ޖެހި ލިޔުން ލިބިފައިވާ 655 އާއިލާ އަށް ފްލެޓު ދީފައިވަނީ ނުހައްގުން ކަމަށް މިސަރުކާރުން ގަބޫލުކޮށް އެ ފަރާތްތައް ލިސްޓުން އުނިކުރި ސަބަބު އެ ފަރާތްތަކަށް އެނގެންޖެހޭ ކަމަށް ބުނެފައިވެއެވެ.

އަދި ހަމަ އެހެންމެ މިސަރުކާރުން އޭގެ ބަދަލުގައި ފްލެޓުދިން 655 ފަރާތަށް ފްލެޓު ދޭން ޖެހުނު ސަބަބުވެސް ސާފުވާންް ޖެހޭކަމަށެވެ. ލިސްޓުން އުނިކުރެވުނު 655 އަދި ލިސްޓަށް އިތުރުކުރި 655 މިދެކަން ކުރެވިފައިވަނީ އިންސާފުވެރިކޮށްތޯ ޔަގީންވާން ޖެހޭކަމަށެވެ. އެކަން ނުކޮށް ލިސްޓު ފައިނަލް ކުރުން އެއީ އެންމެ އިންސާފުވެރިގޮތް ކަމަށް ނުވާނެކަމަށް މި ޖަމްއިއްޔާއިން ބުނެފައިވެއެވެ.

ހުޅުމާލެ އިން 805 ފްލެޓް ކަނޑައަޅާފައިވާ މި ކެޓަގަރީން ހުށަހެޅި ފޯމުތައް ފްލެޓް ކޮމިޓީން އިވެލުއޭޓް ކުރުމަށް ފަހު، ވަގުތީ ދެ ލިސްޓެއް ނެރެފައިވެ އެވެ. އަދި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓު ވެސް ވަކިން ނެރެފައިވެ އެވެ. މި ކެޓަގަރީއަށް ކުރިމަތިލީ މީހުންގެ ތެރެއިން 1،000 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. ކުރިން ވެސް މި ކެޓަގަރީ އަށް ޝަރުތު ހަމަނުވާ ގިނަ ބަޔަކު ކުރިމަތިލައި ފްލެޓް ލިބުނު ކަމުގެ ޝަކުވާ ބޮޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.