ސަނީ އާއިލާ އާއި އެކު ރާއްޖޭގައި

ސަނީ އާއިލާ އާއި އެކު ރާއްޖޭގައި

Author
ފާތިމަތު ނާވީ
04 ޖޫން 2023 06:42
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސަނީ ލިއޯން އާއިލާ އާއި އެކުގައި އަނެއްކައިވެސް ރާއްޖެ އަތުވެއްޖެއެވެ.

ސަނީ ލިއޯން ފާހަަގަ ވަނީ ރާއްޖެ އަށް އެންމެ ގިނައިން އަންނަ އެއް ބޮލީވުޑްގެ ފަންނާނުގެ ގޮތުގައިއެވެ. މީގެ ކުރިންވެސް ސަނީ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިއެވެ.

ސަނީ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައިއެވެ. މި ދަތުރުގައި އޭނާގެ ފިރިމީހާ އަދި ތިން ދަރިން ޗުއްޓީ ހޭދަކުރަމުން ދަނީ ކޮއްޓެއްފަރު މޯލްޑިވްސްގައިއެވެ.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

ކޮންމެ އަހަރަކުވެސް ދެތިން ހަތަރު ފަހަރު ރާއްޖެ ޒިޔާރަތް ކުރާ ބަތަލާ ރާއްޖެ އަށް އައުމުގެ ކުރިން ވަނީ ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރި ވެފައިއެވެ.

އުމުރުން 42 އަހަރުގެ ސަނީ ލިއޯން އާއި ޑެނިއެލް ވެބާ ކައިވެނި ކޮށްފައިވަނީ 2011 ވަނަ އަހަރުގައިއެވެ. އެމީހުންގެ ތިބެނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނަށް އަނަހެން ކުއްޖެކެވެ.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

ސަނީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ކެނެޑީ" އިންނެވެ. މި ފިލްމް ރިލީޒް ކުރީ މިދިއަ މަހުގެ 24 ވަނަ ދުވަހުގައިއެވެ. މި ފިލްމް އަކީ އަނުރާގް ކަޝޭޕް ޑައިރެކްޓް ކޮށްފައިވާ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.