"ޔޭ ޖަވާނީ ހޭ ދިވާނީ" އެހާރާއި މިހާރު

"ޔޭ ޖަވާނީ ހޭ ދިވާނީ" އެހާރާއި މިހާރު

Author
ފާތިމަތު ނާވީ
04 ޖޫން 2023 07:46
0

2013 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް " ޔޭ ޖަވާނީ ހޭ ދިވާނީ" އަށް 10 އަހަރު ފުރުމުގެ ގޮތުން މި ފިލްމްގެ ލީޑުން ފެނިގެންދާ ތަރިން އެއްތަންވެއްޖެއެވެ.

2013 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ރިލީޒް ކުރި ފިލްމް "ޔޭ ޖަވާނީ ހޭ ދިވާނީ" އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ފިލްމުގެ ޓީމުން ވަނީ ރީޔޫނިއަންއެއް ބާއްވާފަ އެވެ.

 

View this post on Instagram

 

A post shared by Ayan Mukerji (@ayan_mukerji)

 

ބޮޑު މަގުބޫލުކަމެއް ހޯދި އެ ފިލްމަށް 10 އަހަރު ފުރުނީ މިދިޔަ ބުދަ ދުވަހު އެވެ. ފިލްމްގެ ލީޑުން ފެނިގެން ގޮސްފައިވަނީ އެ ދުވަސް ވަރު ލޯބީގެ ގޮތުން ގުޅިގެން އުޅުން ދެ ތަރިން ކަމުގައިވާ ރަންބީރު ކަޕޫރު އާއި ދީޕިކާ ޕަދުކޯން އަދި ހުނަރުވެރި ދެ ތަރިން ކަމުގައިވާ އަދިތުޔާ ރޯއީ ކަޕޫރް އަދި ކަލްކީ ކޮޗްލިންއެވެ.

ބްލޮކް ބަސްޓާ ފިލްމު ގެ ރިޔޫނިއަން ފޮޓޯ ތަކުން ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ އިތުރުން ފިލްމްގެ ޑައިރެކްޓަރު އަޔާން މުކަރުޖީ އަދި ފިލްމުގައި މަސައްކަތްކުރި ޓީމު އެއްކޮށް ތިބިތަން ފެނުނެވެ.

"ޔޭ ޖަވާނީ ހޭ ދިވާނީ"އަކީ އެކުވެރިންތަކެއްގެ މެދުގައި ހިނގާ ލޯބީގެ ކަންތައްތަކަށް ބިނާކޮށް ހަދައިފައިވާ ވަރަށް އަސަރުގަދަ ފިލްމްއެކެވެ. މި ފިލްްމް ޝޫޓް ކޮށްފައިވަނީ މަނާލީގެ ރީތި ވާދީ ތަކުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.