މިއަދުން ފެށިގެން ރައީސް ޔާމީންގެ ޤާނޫނީ ވަކީލަކަށް ދިޔާނާ ހަމަޖައްސައިފިން: ޖާބިރު

މިއަދުން ފެށިގެން ރައީސް ޔާމީންގެ ޤާނޫނީ ވަކީލަކަށް ދިޔާނާ ހަމަޖައްސައިފިން: ޖާބިރު

Author
މުޙައްމަދު ޝަޒައިމް
02 ޑިސެމްބަރ 2020 12:00
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް މިއަދުން ފެށިގެން ކުރީގެ ބަންޑާރަ ނައިބް ފާތިމަތު ދިޔާނާ ސައީދު ހަމަޖައްސާފައިވާކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ކުރައްނެޖޭ މަސައްކަތް މިއަދުން ފެށިގެން ފަށައިފައިވާކަމަށެވެ. އެކަން ކުރުމަށް އަނބިކަބަލުން ދިޔާނާ ސައީދު މިއަދުން ފެށިގެން ރައީސް ޔާމީންގެ ޤާނޫނީ ވީލަކަށް ދިޔާނާ ސައީދު ހަމަޖައްސަވާފައިވާކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މިހާރުން މިހާރަށް ފާތިމަތު ދިޔަނާ ސައީދު އަޅުގަނޑު ހަމަޖައްސައިފިން ރައީސް ޔާމީންގެ ޤާނޫނީ ވަކީލަކަށް. އޭނާވަގުތުން ވަގުތަށް މިނިވަން ކުރުމަށް.

– ޖާބިރު ވިދާޅުިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ އެކި ލެވެލްގައި، މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ޖޭއެސްސީ މެދުވެރިކޮށް ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒުފޯރުވާކަމަށް އިދިކޮޅުން ބުނަމުންދާއިރު، އެމަނިކުފާނުގެ ޝަރީއަރުގެ އިސްތިއުނާފު ނިމި ހުކުމް ނުކޮށް އޮންނަތާވެސް ވަނީ ގިނަ ދުވަސްތަކެއްވެފައެވެ.

ރައީސް ޔަމީނަށް ހުކުމްކޮށްފައިވާ މައްސަލާގައި ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމުން ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ރައިސް ޔާމީންގެ އެކައުންޓުތައް ދޫކޮށްލުމަށް ޙުކުމް ކޮށް ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލު ކޮށްފައެވެ. ހައިކޯޓުގެ ޙުކުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގައި މިމައްސަލައިގެ އިސްފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ބޭންކުތަކުގެ ޤާނޫނާއި، ޖިނާއީ އިޖުރާތުގެ ޤާނޫގެ ދަށުން ރައީސް ޔާމީންގެ 8 އެކައުންޓް ފްރީޒް ކޮށްދެވެން ނެތްކަމަށެވެ.

ރައީސް ޔާމީން ޖަލަށް ލާފައިވާތާ މިދިޔަ މަހުގެ28 ވަނަ ދުވަހު އެއްއަހަރު ވެފައިވާއިރު ގިނަބަޔަކު ވަނީ އެމަނިކުފާނަށް އިންސާފު ދިނުމަށް ގޮވާލައި، ކަނޑުމަތީގައާއި، ރަށްތަކުގައި މުޒާހަރާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.