އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމްގެ ދަށުން އައްޑޫ ހުޅުމީދޫގައި އޯޕަން ޑޭއެއް

އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމްގެ ދަށުން އައްޑޫ ހުޅުމީދޫގައި އޯޕަން ޑޭއެއް

އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމްގެ ދަށުން މިއަދު އައްޑޫ ހުޅުމީދޫގައި އޯޕަން ޑޭއެއް ބާއްވައިފި އެވެ.

އެ ކުންފުނިން ވެލްޑަރުން ތަމްރީނުކުރަން ހިންގަން ނިންމާފައިވާ ޕްރޮގްރާމަކަށް ބޭނުންވާ މީހުން ނަގަން ބާއްވާ މި އޯޕަން ޑޭ ސ. އަތޮޅު މަދުރަސާގައި ހަވީރު 4:00 އިން 6:00 ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އޯޕަން ޑޭ އިއްޔެ ފޭދުގައި ވެސް ވަނީ ބާއްވާފަ އެވެ.

އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމްގެ ދަށުން އައްޑޫގައި މިއަދުވަނީ އޮޕްނޭޑޭއެއް ބާއްވާފަ

އެމްޓީސީސީން ބުނީ ވެލްޑާސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ނަގާ ބައިވެރިންނަށް އެޕްރެންޓިސް މުއްދަތުގެ ތެރޭގައި 5،000ރ. ގެ އެލަވަންސަކާއި އެކޮމަޑޭޝަނަށް 3،000ރ. ވެސް ލިބޭނެ ކަމަށެވެ. މި ޕްރޮގްރާމަށް ނަގަން ހަމަޖެހިފައި ވަނީ އޯ ލެވެލް އިން ތިން މާއްދާއިން ފާސްވެފައިވާ އަދި އުމުރުން 25 އަހަރުގެ ދަށުގެ ޒުވާނުންނެވެ.

އެމްޓީސީސީގެ ވެލްޑާސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ރާއްޖޭގެ އެކި ހިސާބުތަކުން ޒުވާނުން ނަގައިގެން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އެގޮތުން މިހާތަނަށް ވަރަށް ގިނަ އަތޮޅުގައި ވަނީ އޯޕަން ޑޭ ބާއްވައިފަ އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *