ގިނަ ދުވަސްތަކަކށް ފަހު މިދިއަ އަހަރު ގެނެސްދިން އާމިރު ހާންގެ އެނބުރި އައުން ފާހަގަ ކުރި ފިލްމް "ލާލް ސިންގް ޗައްޑާ" އަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކުގައި ފިލްމް ކުޅުމުން ބްރޭކެއް ނަގައިގެން ހުރި ސްޕަސްޓާރު އާމިރު ހާން އަވަހަކަށް ފިލްމް އަކުން ފެނިގެން ނުދާނެ ކަމަށް ބުނެފިއެވެ.
އާމިރު ހާން ދޮޅު އަހަރުގެ ބްރޭކެއް ފިލްމީ މަސައްކަތުން ނަގައި އޭނާ އަންނަނީ އާއިލާ އާއި އެކުގައި ކޮލެޓީ ވަގުތު ހޭދަ ކުރަމުންނެވެ. އޭނާ ވަނީ ބޮލީވުޑް ގެ ބައެއް ފަންގްޝްނަތަކުން ވެސް މީގެ ކުރިން ނުފެންނަ ވަރަށް މިހާރު ފެނެއެވެ.
މި ފަހުން މީޑިއާ އާއި ވާހަކަ ދައްކަމުން އާމިރު ބުނީ އޭނާ އަދިވެސް ފިލްމް މަސައްކަތަށް އެނބުރި އަންނަ ވަރަށް ނަފުސު ތައްޔާރެއް ނުވެއެވެ. މީހާ ނަފްސާނީ އަދި ޖަޒުބާތީ ގޮތުންވެސް ތައްޔާރު ވުމަށް އަދި ވެސް ވަގުތު ބޭނުން ވާ ކަމަށް އާމިރު ބުންޏެވެ.
"ލާލް ސިންގް ޗައްޑާ" ފްލޮޕްވިތާ އެތައް ދުވަހެއް ވީ ފަހުންވެސް އަދިވެސް އޭނާ އުޅޭނީ ހަމައަކަށް ނޭޅީގެންނެވެ. ފިލްްމ ފްލޮޕް ވުމުން ހިތް ކުދި ކުދި ވެފައިވާ އާމިރު ކެތް ނުވެގެން ފިލްމީ މަސައްކަތުން ހުރީ ދުވަސްކޮޅަކަށް އެއްފަރާތް ވެފައިއެވެ.
ކޮމެންޓު ފޮނުވާ