ޕެންޝަން ފަނޑު އުފެދުނުއިރު، ޕެންޝަން ހައްގުވެ، ނުލިބިތިބި ފަރާތްތަކަށް ލިބޭނެ ގޮތެއް ހޯދަނީ

ޕެންޝަން ފަނޑު އުފެދުނުއިރު، ޕެންޝަން ހައްގުވެ، ނުލިބިތިބި ފަރާތްތަކަށް ލިބޭނެ ގޮތެއް ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
02 ޑިސެމްބަރ 2020 11:23
0

ޕެންޝަން ނިޒާމުގެ ތެރެއިން ރާއްޖޭގައި މިވަގުތު ޕެންޝަން ފަންޑު ހައްގުވާ ފަރާތްތަކުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިފިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ 2009 ވަނަ އަހަރު ޕެންޝަން ޤާނޫނު ގެނައިރު ގިނަ އަހަރުތަކެއް ވަންދެން ސަރުކާރާކަށް ހިދުމަތްކުރި މީހުންނަށް ޕެންޝަން ފަންޑު ލިބިފައި ނުވާކަމަށެވެެ. އަދި އޭގެ ނަފާ އެބޭފުޅުންނަށް ނުކޮށް ތިބިކަމީ ކަންބޮޑުވާ ކަމެއްކަމަށާއި މަޖިލީހުން އެކަން ހައްލު ކުރަންޖެހޭކަމަށެވެ.ި މިފައިސާ ނުލިބި ދޮށީ އުމުރުގެ 200 ނޫނީ 300 އެއްހާ މީހުން ތިބިކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެމީހުންނަށް މިފައިސާ ލިބޭނެ ގޮތްވެ ހައްލުކުރުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރިޓަޔަމަންޓް ޕެންޝަންގެ އިނާޔަތަކީ ސަރުކާރާއި އަމިއްލަ ފަރާތްތައް ތަފާތު ކުރުމެއްނެތި، އުމުރުން ދުވަސްވެ ވަޒީފާ އަދާނުކުރެވޭ އުމުރުގައި، ހަމަހަމަ ކަމާއިއެކު ފޯރުކޮށްދެވޭ އިނާޔަތަކަށް ހެދުމަށްޓަކާ، ޕެންޝަނާބެހޭ ގާނޫނުގައި ވާގޮތުގެ މަތިން ޕްރައިވެޓް ސެކްޓަރ އަށްވެސް މި ނިޒާމް ފުޅާކުރެވި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކެއްވެސް، މި ނިޒާމް ވުޖޫދުވެދިއުމަށްފަހު ފާއިތުވެދިޔަ 11 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި މި ސްކީމުގައި ވަނީ ބައިވެރި ކުރެވިފައެވެ.

ދިވެހި ރާއްޖޭގައި އެކަށައެޅިފަ އޮތް ޕެންޝަން ސްކީމުން ރިޓަޔަރމަންޓް ޕެންޝަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 65 އަހަރު ވުމަށްފަހުއެވެ. އެހެންނަމަވެސް، އުމުރުން 65 އަހަރު ވުމުގެ ކުރިންވެސް މި ސްކީމުން ޒަރޫރީ ބައެއް ހާލަތްތަކުގައި މިހާރުވެސް ފައިސާ ނެގޭނެ ބައެއް އުސޫލުތައް ހަމަޖެހިފައިވެއެވެ. މިގޮތުން ޕެންޝަނާ ބެހޭ ގާނޫނުގައި ވާގޮތުގެ މަތިން އެމީހެއްގެ ޕެންޝަން އެކައުންޓަށް، ކަނޑައެޅިފައިވާ ވަކިއަދަދަކަށް ފައިސާ ޖަމާ ކުރެވިފައިވާނަމަ އުމުރުން 55 އަހަރު ވުމަށްފަހު ޕެންޝަން ފަންޑުން ފައިސާ ނެގުމަށް ޕެންޝަން ފަންޑުގެ ބައިވެރިންނަށް އެދެވިދާނެއެވެ.

ދިވެހިރާއްޖޭގައި ޕެންޝަނާބެހޭ ގާނޫނު ވުޖޫދުވެގެން އައިސްފައިވަނީ 2009 ވަނަ އަހަރުއެވެ. މިގާނޫނު ވުޖޫދުވެ، 2011 ވަނަ އަހަރު ޕެންޝަން އޮފީސް އުފެދި، ޕެންޝަނާއި ބެހޭ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ގާއިމްވެގެން އައީ ވާލްޑް ބޭންކުގެ މާލީ އެހީތެރިކަމާއި އެކު 5 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި ހިންގުނު މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީތެރިކަމާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.