ކަރިޝްމާ އާއި މަދޫރީ ހަމަ ނަށަނީ

ކަރިޝްމާ އާއި މަދޫރީ ހަމަ ނަށަނީ

Author
ފާތިމަތު ނާވީ
01 ޖޫން 2023 06:13
0

ކުރީގެ ބޮލީވުޑްގެ އެންމެ މަޝްހޫރު ދެ ބަތަލާއިން ކަމުގައިވާ މަދޫރީ ޑިކްސިޓާއި ކަރިޝްމާ ކަޕޫރް ވަރަށް ދުވަސް ފަހުން ބައްދަލުވެ އެކީގައި ނެގި ފޮޓޯ އާއި ވީޑިއޯ އަށް ގިން ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މީ ކޮން ކަހަލަ އޮކޭޝަން އަކާއި ގުޅިގެން ނަގައިފާއިވާ ފޮޓޯ ތަކެއް ކަމެއް ނޭންގުން ނަމަވެސް އެދެމީހުން ފިގެން ގޮސްފައިވަނި ވަރަށް އާދައިގެ ގޮތަކަށް އެއްވެސް މޭކަޕަކާއި ވެސް ނުލައެވެ.

ދެމީހުން ވަރަށް އުފަލުން ނަށާއި އަދި އެކުގައި ވަރަށް ލޯބިން ބައްދައިގެން ތިބެވެސް ފޮޓޯ ނަގައިފައިވެއެވެ. ކަރިޝްމާ ވަނީ އޭނާގެ އިންސްޓަގްރާމްގައި މި ފޮޓޯ ތަށް ހިއްސާ ކޮށްފައިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ކަރިޝްމާ އާއި މަދޫރީ އަކީ އެކީގައި ފިލްމެއްގެ މަސައްކަތް ވެސް ކުރި ދެ ތަރިން ކަމަށެވެ. އެއީ ޝާހްރުކް ޚާން ބަތަލުގެ ރޯލު ކުޅުނު 1997 ގެ "ދިލް ތޯ ޕާގަލް ހޭ" އެވެ.

ޔާޝް ޗޯޕްޅާ ޑައިރެކްޓްކުރި އެ ފިލްމުގެ ލީޑް ބަތަލާގެ ރޯލު މަދޫރީ ކުޅުނު އިރު، ކަރިޝްމާ ކުޅުނީ ސަޕޯޓިން ރޯލެކެވެ. އަދި "ދިލް ތޯ ޕާގަލް ގޭ" އަކީ އޭގެ ލީޑް ތިން ތަރިން އެންމެ މޮޅު އެކްޓަރާއި އެންމެ މޮޅު ބަތަލާ އާއި އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ފިލްމުފެއާ އެވޯޑް ވެސް ހޯދި ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމު ކުޅެގެން ކަރިޝްމާ އަށް ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.

"ދިލް ތޯ ޕާގަލް ހޭ" ކަރިޝްމާ ކުޅުނީ އޭގެ ބަތަލާ އަކީ މަދޫރީ އަށްވެފައި ސަޕޯޓިން ރޯލެއް ކުޅެން ވަރަށް ގިނަ ބަތަލާ އިން އެއްބަސްނުވެ ފިލްމު ދޫކޮށްލުމުންނެވެ. މި ފިލްމް ގައި ފެނިގެން ދިއައީ މަދޫރީ އާއި ކަރިޝްމާ އާއި އެކުގައި ޝާހުރުކް ހާންއެވެ. މި ފިލްމް ވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ފިލްމް އަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.