ތަޅުމުން ނެރުނަސް ބަދަލުހިފުމަށް ފުލުހުންގެ ބިލަށް ހުށަހަޅާ އިސްލާހަށް ތާއީދު ނުކުރާނަން: ޝަރީފް

ތަޅުމުން ނެރުނަސް ބަދަލުހިފުމަށް ފުލުހުންގެ ބިލަށް ހުށަހަޅާ އިސްލާހަށް ތާއީދު ނުކުރާނަން: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
02 ޑިސެމްބަރ 2020 09:52
0

ނަން އިއްވައި މަޖިލީހުން ނެރުނު ކަމުގައި ވީނަމަވެސް ބަދަލު ހިފުމުގެ ރޫހުގައި ދިވެހި ފުލުހުންގެ ބިލަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ހިނގައިދިޔަ ޒުވާބުތަކަށްފަހު ތަޅުމުން ނެރުމާއި ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވީ ދިވެހި ފުލުހުންގެ ބިލަށް ކޮމިޝަންޑް އޮފިސާޒް ޤާނޫނުގެ ޒަރީޢާއިން ވަކި ކުރާ ގޮތަށް ހުށަ އަޅަން އުޅޭ އިސްލާހަށް ތާއީދު ނުކުރާނެކަމަށެވެ. އަދި މިގޮތަށް މަޖިލީހުގައި ހިޔާލުކޮށް ބުނެ އިއްޒަތްތެރި މެމްބަރު ދޮންބިލޭ އަހުމަދު ހަލީމާއި ޒުވާބު ކުރަން ފެށުމުން ނަން އިއްވައި މަޖިލިސް އިން މި ނެރުނީ ޝަރީފްކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުގެ ނަން އިއްވައި މަޖިލިސް އިން ބޭރުކުރި ކަމުގައި ވިޔަސް ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒް ކޮށް ކޮމޝަންޑް އޮފިސާޒް ޤާނޫނަށް ގެންނަ ބަދަލަކުން ވަކިކޮށް ބޭނުންވާ ބަޔަކު އަލުން ވަޒީފާ ދިނުމަށް ގެންނަން ހުށަހަޅާ އިސްލާހަށް އަޅުގަނޑު ތާއީދު ނުކުރާނަން.

– ޝަރީފް ވިދާޅުވިއެވެ.

ބަދަލު ހިފުމަށް ތާ އަބަދު މަސައްކަތް ކުރުމަކީ އޭނާ ގަބޫލުކުރާ ގޮތުގައި ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. މަޖިލިސް ރައީސް ވިދާޅުވީ މި ޒުވާބަކީ "ބަޤާވާތާއި" ގުޅިގެން ހިނގައިދިޔަ ޒުވާބެއް ކަމަށެވެ. ޒުވާބު ކޮންޓްރޯނުވެ ޝަރީފް ނެރެން އަމުކުރައްވައި، ޒުވާބު ކުރެއްވި އަނެއް މެމްބަރު ތަޅުމުގައި ނެތުމުން މަޖިލިސް ރައީސަށް އޭނާގެ ނަން އިއްވޭގޮތް ނުވީކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ ބިލާއި ގުޅޭގޮތުން މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި ބޮޑެތި ޚިޔާލްތަފާތުވުންތަކެއް އޮތް އިރު، މަޖިލިސް ރައީސް ނަޝީދު ހުށަހެޅުއްވި ހުރިހާ އިސްލާހެއްވެސް ވަނީ ކޮމިޓީން ބަލައި ނުގަނެ ބޭރުކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.