ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމް "ސަތިއަޕްރޭމް ކީ ކާތާ" ގެ ފުރަތަމަ ލަވަ "ނަސީބް" ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
މި ލަވައިން ފެނިގެން ދަނީ ފިލްމްގެ ލީޑުން ފެނިގެންދާ ޒުވާން ދެ ތަރިން ކަމުގައިވާ ކާތިކް އާރިޔާން އާއި ކިއާރާ އަދުވާނިއެވެ. މި ފިލްމް އަކީ މި ދެތަރިން އެކުގައި ފެނިގެންދާ ދެވަނަ ފިލްމްއެވެ.
މަޑުމައތިރި އަސަރުގަދަ ލޯބީގެ މި ލަވައިގައި ދައްކުވައިދެނީ ލޯތްބެވެ. ޕާޔަލް ދޭވް އަދި ވިޝާލް މިޝްރާގެ އަޑުން ކިޔައިފައިވާ މި ލަވަ އަކި އަޑުއަހައިލަން ވެސް ފަސޭހަ ލަވައެކެވެ.
މި ފިލްމް އަކީ ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމްއެވެ. މި ދެތަރިން ގެ އަލަތު ފިލްމް އަކީ މިދިއަ އަހަރު ރިލީޒް ކުރި "ބޫލް ބުލައްޔާ 2″ އެވެ. މި ފިލްމް އަކި މިދިއަ އަހަރު ނެރުނު އެންމެ ކާމިޔާބު އެއް ފިލްމްއެވެ. މި ފިލްމަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިއެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ސަމީރު ވިދުވަންސް ޑައިރެކްޓްކުރި މި މިއުޒިކަލް ރޮމޭންސް ފިލްމު "ސަތިއަޕްރޭމް ކީ ކާތާ" އަންނަ މަހުގައި ރިލީޒް ކުރާނެއެވެ.