ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ޠޫފާނަކަށް ބަދަލުވެފައިވާކަން އިންޑިއާގެ މީޓިއޮރޮލޮޖިކަލް ސެންޓަރު މިހާރު އަންގާފައިވާކަމަށެވެ. އަދި މި ޠޫފާން މިހާރު މިސްރާބުޖަހާފައިވަނީ ބޭ އޮފް ބެންގާލް ހިމެނޭ ސަރަޙައްދުން ލަންކާގެ ހުޅަނގަށްކަމަށާއި، ޠޫފާން ސްރިލަންކާގެ މަތިން ހުރަސްކުރާނެކަމަށް ލަފާކުރެވެނީ މިއަދު ހަވީރު ނުވަތަ އިރުއޮއްސޭ ވަގުތުގައިކަމަށެ.

މިތޫފާނުގެ އިތުރުން ރާއްޖޭގެ އިރު ދެކުނުން ދެކުނު އިންޑިޔާ ކަނޑުގައިވެސް ބާރުގަދަ ކޮޅިގަނޑެއް އުފެދިފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ.
ލަންކާގައި އުފެދިފައިވާ ތޫފާނައި، އަދި ރާއްޖޭގެ އިރު ދެކުނުން ދެކުނު އިންޑިޔާ ކަނޑުގައި އުފެދިފައިވާ ކޮޅުގަނޑާއިއެކު މިއަދު ހަވީރާއި، މިރެއިން ފެށިފެށިގެން ރާއްޖޭގެ ސަރަހައްދުގައި މޫސުން ގޯސްވެ، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މިޠޫފާން ސްރީލަންކާގެ މަތިން ހުރަސްކުރުމަށްފަހު މިމަހުގެ 3 ވަނަ ދުވަހު ދެކުނު އިންޑިއާގެ އައްސޭރިފަށާއި ކައިރިވާނެކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، ޠޫފާނުގެ އަސަރު ޓެމިލްނާޑޫއާއި ކެރެލާގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ކުރާނެކަމަށްވެސް އެ ޤައުމުގެ މެޓްއޮފީހުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގެ އިރުދެކުނުން ދެކުނު އިންޑިއާ ކަނޑުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މިމަހުގެ 3 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދު ތެރެއާއެކު ރާއްޖޭގެ ސަރަޙައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވެގެންދާނެކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ތޫފާންގެ ސަބަބުން ސްރީލަންކާގައި މިހާރު ވެސް ވަނީ ރެޑް އެލާޓް ނެރެފައެވެ.
ކޮމެންޓު ފޮނުވާ