ދެ ކޮމަންޑޫ ގުޅާލުމަށް ބޭނުންވާ ބޮޑު ހިލަ ޝިޕްމަންޓު ގެންގޮސްފި

ދެ ކޮމަންޑޫ ގުޅާލުމަށް ބޭނުންވާ ބޮޑު ހިލަ ޝިޕްމަންޓު ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
28 މެއި 2023 11:07
0

ށ.ކޮމަންޑޫއާއި މަތިކޮމަންޑޫ ބްރިޖަކުން ގުޅާލުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

ކޮމަންޑޫގެ ބިމުގެ މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ނިންމެވީ، ކޮމަންޑޫއާއި އެއް ފަޅެއްގައި އޮތް މަތިކޮމަންޑޫ ހިއްކާ، ދެ ރަށް ބްރިޖަކުން ގުޅާލުމަށެވެ. މި ޕްރޮޖެކްޓްގައި ކޮމަންޑޫގައި ކުރިން ހިއްކާފަ އޮތް ސަރަޙައްދުގެ ރިވެޓްމަންޓް އާކުރުންވެސް ހިމެނެއެވެ.

މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށް ފެށީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. މި ޕްރޮޖެކްޓްގައި 16.7 ހެކްޓްޓަރު ހިއްކާނެއެވެ.

އެމްޓީސީސީން މިއަދު ބުނީ ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުލް ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައިކަމަށެވެ. އަދި، ކޮމަންޑޫގައި މިހާރު ޖަހާފައިވާ ރިވެޓްމެންޓް އައުކުރުމުގެ މަސައްކަތް ވަނީ 52 އިންސައްތަ ފުރިހަމަކުރެވިފައިކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނެއެވެ. އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެއެވެ. ދެ ކޮމަންޑޫ ގުޅާލުމަށް ހިންގާ މި މަޝްރޫޢަކީ 235.75 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.