ރައީސް ޞާލިހަކީ މިވަގުތު ރާއްޖޭގެ ވެރިކަން ކުރަން އެންމެ ހެޔޮ އާއިލާގެ ބޭފުޅާ: އިމްރާން

ރައީސް ޞާލިހަކީ މިވަގުތު ރާއްޖޭގެ ވެރިކަން ކުރަން އެންމެ ހެޔޮ އާއިލާގެ ބޭފުޅާ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
27 މެއި 2023 01:13
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ މިވަގުތު ރާއްޖޭގައި ވެރިކަން ކުރަން އެންމެ ހެޔޮ ޢާއިލާގެ ބޭފުޅާކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސް ޞާލިހު އިންތިޚާބު ކުރުމަށް އެންމެ ފުރަތަމަ އެމްޑީޕީއާއިއެކު ކޯލިޝަން ހެދި ޕާޓީއަކީވެސް އިމްރާންގެ އަދާލަތު ޕާޓީއެވެ. އިމްރާން މިހެން ވިދާޅުވީ މިދިޔަ ބްރާސްފަތި ދުވަހުގެރޭ އޮތް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެއްބަނޑު އެއްބަފާ ލޯފަން ތިން ބެއިން އިމާމުކަމުގެ ޑިގްރީ ފުރިހަމަކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް ޞާލިހުގެ ޢާއިލާއަކީ ހެޔޮލަފާ ޞާލިހު ޢާއިލާއެއްކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ކުރުމަށް އެއާއިލާގެ ބޭފުޅަކަށްވުރެ ވަކި ހެޔޮ ބޭފުޅަކު ހުންނާނެތޯ އިމްރާން ވަނީ ސުވާލު ކުރައްވާފައެވެ.

އެ ޙަފްލާގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ ދަރަޖަ ޙާޞިލުކުރި އިމާމުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އެއްބަނޑު އެއްބަފާ ތިން ބޭފުޅުން ހިމެނިވަޑައިގަތުމެވެ. އެ 3 ބޭފުޅުންނަކީ މޫސާ މުޙައްމަދު ޞާލިޙާއި، ޝާޒްލީއާއި، ޙުސެއިން ޝަޔާޒެވެ. މި ތިން ބޭފުޅުންނަކީވެސް ލޯފަން ތިން ޙާފިޒުންނެވެ. އަދި އެބޭފުޅުން ކޯސް ފުރިހަމަކުރައްވާފައިވަނީ ބްލޮކް މޯޑުގައި ކިޔަވައިގެންނެވެ. މި ތިން ބޭފުޅުން ހިމެނިވަޑައިގަންނަވާހެން ޑިގްރީ ފުރިހަމަކުރި އިމާމުންނަށް މި ޙަފްލާގައި ދަސްވެނިވިކަމުގެ ސަނަދު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުންނެވެ.

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން، އިމާމުން ޑިގްރީ ފެންވަރަށް ތަމްރީންކުރުމުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފާހީރާ
އާ އެހެނތާވާނީ ކަނޑު ހިތަކަށް ދީފަ އޮންނަހެން ހޯމް މިނިސްޓްރީ އޮތީ މީމައާ މީނަގެ އަުވާނު ފުވައްމުލަކު ނަޒީރު ހިތުހުރިހާގޮތަކަށް ތަޅާ ވިއްސަން ދީފަ އަދި ޕީ އެސް އަކަށް ހުރި ގޮލާވެސް އަތުއަޚުވާލައިގެން ހިތަކަށް ފޮނި ބޮނޑާ ކަމުގަ އުޅެވޭވިއްޔަ...... ފހރ
ހ ހެޔޮއެދޭ
ހިހޫތަނުން ކާލައިގެން މަޑުތަންމަތީ ނިދާލަން ތިވަރު ބޭފުޅެއް ނެތް.
ހ ހުވަފެން
ރިޔާސީ ވައުދެއްގެ ގޮތުގާ ތި ވިދާޅުވާ ޑިގުރީއެއްލާއިގެން އުޅުއްވި ތަނެއްޒަމާނެއް މަކާނެއްގާވެސް ލިއެވިފާ ނުވޭ، ތީހަމަ ތިމާގެ އާއިލާއަށް ތިމާގެ ސަރުކާރެއްގާ އިތުރުކޮށްލި ކޮރަޕުޓު ބޮޅެއް، އެހެން ނޫނަސް ތިވިދާޅުވާ ރައީސަކީ ވައުދެއް ފުއްދާ ވެރިއެއްނޫން، ކިތަންމެ ހަނި ދޭތެރެއަކުން ލާފަވެސް ބަލާނީ ތިމާއާ ތިމާގެ އާއިލާ ގައުމުގެ އިހުތިސޯސް ބޭނުންކޮށްގެން ފުދުންތެރި ކުރެވޭތޯ، އަދި މިވީތަނަކަށް ނެތް މިނޫން ގޮތަކަށް އެންމެ ފިޔަވަޅެއް ކޮރެއްވެސް ލާފައެއް، ރައިއްޔަތުން މަޖުލީހަކަސް އެހެން ކަމަކަށް އޮތީ ހަމަ މިބީދައިން ކަންތައްތައް ވެފާ، މިހާރު ދެން އެބަލަނީ އިމާމުންގެ މުސާރަ ބޮޑުކުރަން، އޭރުންވެސް ވެރިކަމަށް ނާދެވުނަސް ސަރުކާރުން ވަރަށް ބޮޑު ބައެއް ތިމާގެ ެޒެޒެޒ އާއިލާގެ ހާޖަތްތަކަށް ލިބޭނެތާ.