"ޓައިގާ 3″ އަކީ ފަސޭހަ ފިލްމްއެއް ނޫން ކަމަށާއި ނަމަވެސް އެ ފިލްމްގެ މަސައްކަތާއި މެދުގައި ވަރަށް ހިތްހަމަ ޖެހޭ ކަމަށް ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާން ބުނެފިއެވެ.
މި އަހަރުގެ އައިފާ އެވޯޑްސް އަށް މި ވަގުތު ދުބާއީގައި ހުރި އެކްޓަރު މީޑިއާތަކާ ވާހަކަ ދައްކަމުން ބުނީ މިހާރު ޝޫޓިންގ ނިންމައިލައިފައިވާ ފިލްމްގެ ޝޫޓިންގ ގައި އެކި ފަހަރު މަތިން އެކިވަރުގެ އަނިޔާ ވެސް ލިބިފައި ވާކަމަށެވެ.
ނަމަވެސް ކޮންމެ ގޮތެއް ވީ ކަމުގައިވިނަމަވެސް މި ފިލްމް އަކީ ވަރަށް އުންމީދީ ފިލްމް އެއް ކަމެއް ކަމަށާއި ފިލްމްގައި ކުރެވުނު މަސައްކަތް ވަރަށް ހިތްހަމަ ޖެހޭ ކަމަށް ސަލްމާން ވަނީ ބުނެފައިއެވެ.
2021 ވަނަ އަހަރުގައި ޝޫޓިން ފެށި މި ފިލްމް އަކީ އިންޑިއާގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމު ތަކުގައި ވެސް ޝޫޓް ކޮށްފައިވާ ފިލްމްއެކެވެ.
މަނީޝް ޝަރުމާ ޑައިރެކްޓް ކޮށ،ް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ "ޓައިގާ 3″ ސިނަމާ ތަކަށް ގެންނަން ނިންމާފައި ވަނި މިއަހަރުގެ ފިތުރު އީދުގައިއެވެ.
ކެޓްރީނާ ކައިފް އާއި ސަލްމާން ހާންގެ އިތުރުން "ޓައިގާ 3″އިން އިމްރާން ހާޝިމީ ވެސް ފެނިގެންދާނެއެވެ. އެ ފިލްމު ތިން ބަހަކުން ނެރޭނެ އެވެ. އެއީ ހިންދީ އާއި ތަމަޅަ އަދި ތެލޫގޫ އެވެ.