60 އަހަރުގެ އަޝިޝް ދެވަނަ ކައިވެންޏެއްކޮށްފި

60 އަހަރުގެ އަޝިޝް ދެވަނަ ކައިވެންޏެއްކޮށްފި

Author
ފާތިމަތު ނާވީ
26 މެއި 2023 01:27
0

ގިން ފިލްމް ތަކަކުން ނުބައިބައި ނުވަތަ ނެގެޓިވް ރޯލު ކުޅެފައިވާ މަޝްހޫރު އެކްޓަރު އަޝިޝް ވިދިއާތީ އުމުރުން 60 އަހަރުގައި ދެވަނަ ކައިވެންޏެއްކޮށްފި އެވެ.

އަޝީޝް ކައިވެނި ކުރީ އިއްޔެ ކަލްކަތާގައި ރުޕާލީ ބަރްއާ ކިޔާ ވިޔަފާވެރިއަކާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައިއެވެ. އަދި ހަމަ އެއާއި އެކުގައި އެދެމަފިރިންގެ ކައިވެނީގެ ފޮޓޯތަކެއް ވެސް އަންނަނީ ދައުރު ވަމުންނެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

އަޝީޝް އަކީ ކާމިޔާބު ފިލްމް ތަކެއްގައި މަސައްކަތް ކޮށްފައިވާ ވަރަށް ކުޅަދާނާ އެކްޓަރެކެވެ. ދެވަނަ ކައިވެންޏެއް އޭނާ ކުރި އިރުގައި އޭނާ ގެ ދޮށި އަންބަކީވެސް ފިލްމްސްޓާރެކެވެ.

ދޮށީ އަނބި މީހާ އާއި އަޝީޝް ގެ ފިރިހެން ދަރިއެއް ހުރެއެވެ. ޒުވާން އުމުރު ގުނަމުން އަންނާ އެމީހުންގެ ފިރިހެން ދަރިފުޅު އާރްތު ވިދިއަތީ އަކީ ޔޫޓިއުބް ޗެނަލް އެއް ހިންގާ މީހެކެކެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަޝިޝް އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި "ކުއްތޭ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމް އަކީ "ކޫފިޔާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.