މާދަމާގެ ޖަލްސާއަށް އަސްލަމް ހާޒިރު ކުރަނީ

މާދަމާގެ ޖަލްސާއަށް އަސްލަމް ހާޒިރު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2020 09:51
0

19 ވަނަ މަޖިލީހަށް މިހާތަނަށް އެންމެ ގިނައިން މަޖިލީހަށް ހާޒިރު ކޮށްފައިވާ ވަޒީރު، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ މުޙައްމަދު އަސްލަމް މާދަމާގެ މަޖިލީހަށް ހާޒިރު ކުރުމަށް އެޖެންޑާކޮށްފިއެވެ.

މިއީ އަސްލަމް މަޖިލީހަށް ހާޒިރުކުރާ 5 ވަނަ ފަހަރެވެ. މާދަމާގެ ޖަލްސާގައި 2 މެމްބަރަކު ވަނީ އަސްލަމްްއާއި ސުވާލުކުރުމަށް އެދިވަޑައިގެންފައެވެ. އެހެންކަމަށް ވުމާއިއެކު މާދަމާ ގަޑިއެއްހާއިރު ވަންދެން އަސްލަމް މަޖިލީހުގައި މެމްބަރުން ކުރައްވާ ސުވާ ސުވާލުތަކަށް ޖަވާބު ދެއްވަން އިންނަވަން ޖެހޭނެއެވެ. އަސްލަމްއާއި ފުރަތަމަ ކުރައްވާ ސުވާލަކީ ށ.ބިލެތްފަހި ބަނދަރުގެ މަސައްކަތް ލަސްވަނީ ކީއްވެގެންތޯ؟ އަދި ބަނދަރުގެ މަސައްކަތް ފެށޭނީ ކިހާ ހިސާބަކުތޯ؟ ސާފު ކުރުމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، ކުރައްވާ ސުވާލެވެ.

އަސްލަމްއާއި މާދަމާ ކުރެވޭ ދެވަނަ ސުވާލަކީ އަސްލަމް ނިސްބަތްވާ ރަށާއި ގުޅޭ ސުވާލެކެވެ. އަސްލަމް ނިސްބަތްވާ ދާއިރާގެ މެމްބަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފް، ހުށަހަޅުއްވާފައިވާ ސުވާލަކީ ގދ.ފަރެސްމާތޮޑާ ދާއިރާއަކީ ގިނަ ބަޔަކު މަސްވެރިކަމުން ނަފާ ހޯދަމުން އަންނަ ދާއިރާއެއް
ކަމުގައި ވިޔަސް، އިޤްތިޞާދީ ތަފާތު މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން އެ ދާއިރާގައި އެއަރޕޯޓެއް އެޅުމަށް ރައީސް ޔާމީންގެ ސަރުކާރުން ފެށްޓެވި މަޝްރޫޢުގެ ދަށުން ވަނީ ބިންހިއްކައި ނިމިފައިވާއިރު، ފަރެސްމާތޮޑާ ދާއިރާގައި އެއަރޕޯޓް އަޅުއްވާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވައުދުވެވަޑައިގެންފައިވާކަމަށެވެ. މި އެއަރޕޯޓް ތަރައްޤީކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތަކީ ކޮބައިތޯ؟ އެއަރޕޯޓު ބަޔަކާ ހަވާލުކުރެވޭނީ ކޮންއިރަކުތޯ؟ އަދި ޢަމަލީ މަސައްކަތް ފެށި މަސައްކަތް ނިމެނީ ކިހާ ދުވަހަކުންތޯ؟ މިސުވާކުގެ ޖަވާބު ހޯދުމަށެވެ.

އެންމެ ފަހުން މަޖިލީހަށް އަސްލަމް ހާޒިރު ކުރި ދުވަހުވެސް މަޖިލީހުގެ މެމްބަރުންވަނީ އަސްލަމްގެ ވުޒާރާއިން އެއްވެސް ކަމެއް ނުވާކަމަށްބުނެ ފާޑުކިޔާފައެވެ. އަދި އަސްލަމަކީ މެމްބަރުންނާއި ދުރު، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރެއްވުމުގައި މަސައްކަތް ނުކުރައްވާ ވަޒީރެއްކަމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް އެދުވަހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.