ގޯހަރު 10 ދުވަހުން 10 ކިލޯ ހިކައިލައިފި

ގޯހަރު 10 ދުވަހުން 10 ކިލޯ ހިކައިލައިފި

Author
ފާތިމަތު ނާވީ
26 މެއި 2023 05:37
0

ބަތަލާ ގޯހަރް ހާން އަށް އަލަތު ދަރިފުޅު ލިބިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައިއެވެ. މީ ގޮހަރް ގެ އަލަތު ދަރިފުޅެވެ. އޭނާ އަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.

ގޯހަރް އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ތަރިއެކެވެ. އެގޮތުން ވެހޭފަހުންވެސް އޭނާ އަންނަނީ ސޯޝަލް މީޑިއާގައި ފޭނުންނާއި ގުޅުން ބަދަހި ކުރަމުންނެވެ. ގޯހަރް ޚާން ވިހޭ ފަހުން 10 ކިލޯ ލުއިވެއްޖެ ކަމަށް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ ހިއްސާ ކޮށްފައިއެވެ.

10 ދުވަސް ތެރޭގައި 10 ކިލޯ ހިިކިއްޖެ ކަމަށާއި ދެން އިތުރު 6 ކިލޯ އަދި ހިކެއް ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައިއެވެ. ނަމަވެސް ހިކުމަށް އޭނާ ކުރީ ކޮން މަސައްކަތެއް ކަމެއް ހާމަކޮށްފައިއެއް ނުވެއެވެ. މީގެ ކުރިންވެސް އޭނާ ވަނީ މަދު ވުސްކޮޅެއްގެ ގެތޭގައި ވަރަށް ބޮޑަށް ހިކިގެން ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައިފައިއެވެ.

ގޯހަރް އާއި ޒައިދު ދަރްބާރް ކައިވެނިކުރީ 2020ގަ އެވެ. އަދި ކުއްޖެއް ލިބޭކަން އިއުލާން ކުރީ 2022ގެ ޑިސެމްބަރުގަ އެވެ. އޭގެ ކުރިން ދެމަފިރިން އުމުރާގެ އަޅުކަން ފުރިހަމަ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.